މައުމޫން ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ކޯލިޝަނުގެ ބަދަހިކަން ދެމެހެއްޓުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، އެ ކަންތައްތަކުގައި ދެ ފަރާތުގެ މެދުގައި އެއްގޮތް ހިޔާލުތަކެއް ހުރުމުން އެކަމާ އުފާކުރައްވާ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ