އެމްޑީޕީ އިން ބޭނުންވާ އިންސާފު އަޅުގަނޑު ދޭނެ ކަމަށް މާރިޔާ ވިދާޅުވި: އަބްދުﷲ ސައީދު

އެމްޑީޕީން ބޭނުންވާ އިންސާފު އަބަދުވެސް އެންމެ ރަނގަޅު ވަގުތުގައި ހޯދައިދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ. މިހާރު ލީކް ވެފައިވާ އޯޑިއޯއެއްގައި ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ވަކިކުރެވުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީ މީހުންނަށް އިންސާފު ހޯދައި ދެއްވާނެ ކަމަށް އަބަދުވެސް ގަބޫލުކުރައްވާ ކަމަށް މާރިޔާ ދީދީ ވިދާޅުވި ކަމަށެވެ. އަދި މާރިޔާ އެގޮތަށް ވިދާޅުވީ، އޭނާ އާއި ބައްދަލު ކުރެއްވުމަށްފަހު ކަމަށްވެސް ލީކްވެފައިވާ އޯޑިއޯގައި ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވިއެވެ. އަދި މިގޮތަށް ހުއްޓަސް، މާރިޔާ ދީދީ އޭނާ ކައިރިއަށް ވަޑައިގެން އަބްދުﷲ ސައީދުއަށޭ ދެން އުއްތަމަ ފަނޑިޔާރުކަން ދޭންވީ މާރިޔާ ވިދާޅުވި ކަމަށް ލީކްވެފައިވާ އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވެފައިވެއެވެ. އަދި 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު ހުކުމް ނެރުނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ބަހައްޓަން ބޭނުން ނުވާތީ ކަމަށްވެސް ފަނޑިޔާރު އަބްދުﷲ ސައީދު ވަނީ ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނަވައިގެން އަމިއްލަފުޅަށް ބޭނުންފުޅުވާގޮތަށް މިފަދަ އަމުރެއް ނެރުމުން އުއްތަމަ ފަނޑިޔާރުގެ ނަޒާހަތްތެރިކަމާ މެދު ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ ފުންނާބުއުސް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ