އައްޑުއާއި ފުވައްމުލަކު ހިމެނޭ ސަރަހައްދުގައި ކުނިން ކަރަންޓު އުފެއްދުމަށް ކޮރެއާ ކުންފުންޏަކާއެކު އެއްވަސްވުމެއްގައި ސޮއިކޮށްފިއެވެ.
"ވޭސްޓް ޓް އެނާޖީ" ފެސިލިޓީ ގާއިމު ކުރަން މިނިސްޓްރީ އޮފް އެނވަޔަރުމަންޓު އެން އެނާޖީ އާއި ކޮރެއާ ކުންފުންޏަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރީ ކޮރެއާގެ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗާކުންފުންޏާއެވެ. މި އެއްބަސް ވުމަކީ 16 މިލިއަން ޑޮލަރުގެ އެއްބަސް ވުމެކެވެ.
އައްޑޫސިޓީ ނޭޗާ ޕާކްގަައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި މަޝްރޫޢަކީ ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހިމެނޭ މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކުރާ މަޝްރޫއެއް ކަމަށެވެ.
ދެކުނުގެ މި މަޝްރޫއުގައި އިންސްޓޯލް ކުރާ ޕްލާންޓްގައި ކުނި މެނޭކްކޮށް އެ ކުނިން ދުވާލަކު 1.5 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ. މީގެން ތިން ބައިކުޅަ ދެބައި ކަރަންޓު އައްޑޫ ސިޓީގެ ރަށްރަށް ބޭނުންކުރުމަށް ދޫކުރާނެއެވެ. އަދި ތިންބައިކުޅަ އެއްބައި ބޭނުންކުރާނީ އެ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ހިންގުމަށެވެ.
މި މަޝްރޫގައި ފުވައްމުލަކުގެ ކުނި ވެސް ބޭނުންކުރަނީ އައްޑޫއަށް ކަރަންޓު ފޯރުކޮށްދިނުމަށެވެ. ނަމަވެސް މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކުގެ ކުނި ވެސް މެނޭޖުވާނެއެވެ.
މި ޕްރޮޖެކްޓްގެ ހިދުމަތް ދޭން ފަށާނީ 2021 ވަނަ އަހަރުއެވެ.
އައްޑުއާއި ފުވައްމުލަކުގެ ކުނިން ކަރަންޓު އުފައްދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ