އަރަބިއްޔާ ސްކޫލްގައި އެސްކޫލް ކުދިންގެ ހުނަރުތައް ދާއްކާލުމަށް ބާއްވާ އާޓް އެގްޒިބިޝަން ފަށައިފިއެވެ.
ސިލްސިލާ ކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އެގެޒިބިޝަންގެ ބޭނުމަކީ ކުދިންގެ ހުނަރު ދައްކާލުމާއި ކުދިންގެ މުސްތަގްބަލަށާއި ކުދިންނަށް މިކަންކަން ކުރެވޭނެ ކަަން އަންގައިދިނުމެވެ. އެގޮތުން ކުރިއަށް ގެންދާ މިއެގްޒިބިޝަން މިރެ އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށް އެސްކޫލުގެ ޕްރިންސިޕަލް އަހްމަދު ޒިޔާދު ވިދާޅުވިއެވެ.
މި އެގްޒިބިޝަންގައި ގްރޭޑް 1 އިން ފެށިގެން 12 ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި އެގްޒިބިޝަން ހުޅުވާދެއްވީ ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް މަޝްރޫފެވެ.
އެކި ގްރޭޑް ތަކަށް އެކި ތީމް ކަނޑައަޅައިގެން ކުރިއަށް ގެންދާ މި އެގްޒިބިޝަން އަކީ އެއްވެސް ވަނައެއް ހޮވާ ގޮތަށް ކުރިއަށްގެންދާ އެގްޒިބިޝަނެއް ނޫން ކަމަށާއި މީގެ އިތުރު އެގްޒިބިޝަންތައް ކުރިއަށް އޮތްތާ ފެނިގެންދާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
މިއެގްޒިބިޝަން ކުރިއަށް ގެންދަނީ އަރަބިއްޔާ ސްކޫލް ހޯލްގައެވެ. މިއެގްޒިބިޝަންގައި އެސްކޫލްގެ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެއެވެ.
އަރަބިއްުޔާ ސްކޫލް ކުދިންގެ އާޓް އެގްޒިބިޝަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ