ސ ހިތަދޫ ބުރުތުކާލުގޭ މުހައްމަދު އަހުމަދު ހޯދަން ފުލުހުން އިއުލާނު ކޮށްފި

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ސ ހިތަދޫ ބުރުތުކާލުގޭ މުހައްމަދު އަހްމަދު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން ބުނީ އުމުރުން 50 އަހަރުގެ މުހައްމަދު އަހުމަދު ހޯދަމުން އަންނަނީ މި އަހަރުގެ އޮކްޓޯބަރުގެ މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުޤީޤަށް ކޯޓު އަމުރެއްގެ ދަށުން ގޭބަންދުކުރެވިފައިވަނިކޮށް ފިލާފައިވާ މައްސަލައާއި ގުޅިގެން ކަމަށެވެ.
މުޙައްމަދު އަޙްމަދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ