ކައުންސިލްތަކުން ސިޔާސީ ބަޔާން ނުނެރުމަށް އެދިވަޑައިގަންނަވާކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމަށް ހަތަރު އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުމަރު ނަސީރު އިތުރަށް ވިދާޅުވީ، ދައުލަތުގެ އެކި އެކި ކަންކަމާ ގުޅިގެން ސިޔާސީ ބަޔާން ނެރޭ ކަމަށާއި އެކަހަލަ ކަން ކަން ދިމާވަނީ ލާމަރުކަޒީ ނިޒާމު ރަނގަޅަށް ނޭނގޭތީ ކަމަށެވެ.
“އަޅުގަނޑަށް ހީވަނީ މިކަހަލަ ކަން ކަން މި ދިމާވަނީ މި ނިޒާމު އަދި ރަނގަޅަށް ނޭނގޭތީވެ ނުވަތަ މި ނިޒާމަށް ރަނގަޅަށް އަހުލުވެރި ނުވާތީ ހިނގާ ކަންކަން ހެން، އެހެންނޫން ނަމަ މި ކަންކަމެއް ނުވެއް ހިނގާނެ. އެހެންވީމާ އަޅުގަނޑުމެން ހަމަ އެދެނީ އެކަން ކަން އެހެން ނުކުރަން،” އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރަކީ ހޯމް މިނިސްޓަރުގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ރައީސެވެ.
ކައުންސިލްތަކުން ސިޔާސީ ބަޔާން ނުނެރުމަށް އެދިވަޑައިގަންނަވާކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ