މިހާރު ގައުމުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ނައްތާލުމަށް މަޝްވަރާތަކަށް އަންނަން ވާނީ ޝަރުތެއް ނެތި ސާފު ހިތަކާ އެކުގައި ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެއެވެ.
އިންޑޮނޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޝަރުތުކުރުމަށް ފަހު މަޝްވަރާ ތަކަށް އައުމުން މަޝްވަރާގެ މަގުސަދުވެސް ގެއްލޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ޕީޕީއެމް އަކީ ޕާޓީތަކާއި މަޝްވަރާ ކުރުމަށް އަބަދުވެސް ތައްޔާރަށް އޮތް ޕާޓީއެއް ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވި އިރު ޝަރުތެއް ނެތި ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އެއްބަސްވެފައިވަނީ ހަމަ އެކަނި ޖުމްހޫރީ ޕާޓީންނެވެ. އެގޮތުން މިހާރު އެޕާޓީއާ އެކު ސަރުކާރުން ވަނީ މަޝްވަރާތައް ފަށާފައެވެ. އަދި ދެފަރާތުން ވެސް މަޝްވަރާ ކުރަން ބޭނުންވާ ކަންކަން ވަނީ ހުށަހަޅާފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި އެހެން ޕާޓީ ތަކާ އެކު މަޝްވަރާތައް ނުފެށި ލަސްވަނީ އެޕާޓީ ތަކުން ޝަރުތު ތަކެއް ކަނޑައަޅާތީ އެވެ.
މަޝްވަރާތަކަށް އަންނަން ވާނީ ހުޅުވިފައިވާ ހިތަކައިގެން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ