ސައްހަކަން ކަށަވަރު ނުވާ ފޯމްތައް އަލުން ހުށައަޅަން އަންނަ ހަފްތާގައި ފުރުސަތު ދޭނަން: އަކްރަމް
އެކި ސަބަބުތަކާއި ގުޅިގެން ރީރަޖިސްޓްރޭޝަން ފޯމުގެ ސައްހަކަން ކަށަވަރު ނުވާ ފަރާތްތަކައް މެސެޖް ފޮނުވަމުން ދާކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެރީރަޖިސްޓަރ ނުވާކަން ހާމަވާގޮތައް އެކި ފަރާތްތަކައް ލިބެމުން ދާ މެސެޖާއި ގުޅޭގޮތުން ޗެނަލް 13 އަށް މަޢުލޫމަތު ހިއްސާ ކުރައްވަމުން އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިހާބައް ރީރަޖިސްޓަރ ކުރުމަސް ފޯމް ހުށައެޅުއްވި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ގުޅިގެން ފޯމްގެ ސައްހަކަން ކަށަވަރު ކުރެވިފައިވާ ނުވާ ފަރާތްތަކުން މިރޭން ފެށިގެން މެސެޖް އިލެކްޝަންސް ކޮމިޝަނުން ފޮނުވަމުން ދާކަމަށެވެ. އަދި އެ ފަރާތްތަކުގެ ފޯމް އަލުން ހުށައެޅުމަށްޓަކައި ކުރިޔަށް އޮތް ހަފްތާގެ 27 އޯގަސްޓް އިން 29 އޯގަސްޓަށް ތިން ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ. އެ ފަރާތްތަކުގެ ލިސްޓް ހާމަކުރާނެ، އަދި ސިޔާސީ ޕާޓީޓަކައް ލިސްޓް ވެސް ރީރަޖިސްޓަރ ކުރުމަށް އެ ފަރާތްތަކައް އެހީތެރިކަން ފޯރުކޮށްދިނުމަށް ފޮނުވާނެ ކަން އަކްރަމް ވަނީ ހާމަކުރައްވާފައެވެ. އަކްރަމް ވިދާޅުވީ ރީރަޖިސްޓަރ ވުމަށް ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަ ކަން ކަށަވަރު ނުވާ 5000 އާއި 6000 ދެމެދުގެ ފޯމްތައް އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ