ކަރަންޓުގެ އާ ޓެރިފް ރޭޓްތަކަށް ހުއްދަ ހޯދަން ފޮނުވައިފި، މި ހަފުތާގައި ތަފުސީލް ލިބޭނެ: މަތީން

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓްގެ ޓެރިފް ރޭޓަށް ގެނައި ބަދަލުތަކަށް އަމަލު ކުރަން ފަށާފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ކަރަންޓްގެ އަަގު ހެޔޮކުރަން ނިންމެވުމާ ގުޅިގެން، އަލަށް އެކުލަވައިލި ޓެރިފް ރޭޓްތަކަށް ހުއްދަ ހޯދަން ފޮނުވާފައިވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.ކަރަންޓުގެ އަހު ހެޔޮ ކުރިކަން އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އިއުލާން ކުރެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި އަލަަށް ގެނައި ބަދަލުތަކުގެ ތަފުސީލް ހަފުތާއެއްގެ ތެރޭގައި ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.އެހެން ނަމަވެސް މިހާތަނަށް އޭގެ ތަފުސީލެއް ހާމަކޮށްފައި ނުވާތީ، އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ސްޓޭޓް މިނިސްޓަރު މަތީން ވިދާޅުވީ އެނާޖީ އޮތޯރިޓީން އަލަށް އެކުލަވައިލި ޓެރިފް ރޭޓްތަކުގެ އެޕްރޫލް އަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.މަތީން: އޭނާ ވިދާޅުވީ ކަރަންޓް ހެޔޮ ކުރުމާ ގުޅިގެން ޓެރިފް ރޭޓަށް ގެނައި ބަދަލުތައް މި ހަފުތާގައި ހާމަކުރައްވާނެ ކަމަށް.--ހަވީރު ފައިލް ފޮޓޯ އޭނާ ވިދާޅުވި ގޮތުގައި މި ހަފުތާ ނިމުމުގެ ކުރިން އޭގެ ތަފުސީލްތައް ހާމަކުރައްވާނެ އެވެ."މިކަން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކާ ގުޅިގެން. އެ ފަރާތްތަކަށް މިހާރު ވަނީ ޓެރިފަށް އަަލައި ގެނައި ބަދަލުތައް ފޮނުވާފައިި،" މަތީން ވިދާޅުވި އެވެ. "އެ ފަރާތްތަކުން އެޕްރޫވަލް ދިނީމަ މި ހަފުތާގެ ތެރޭގައި އޭގެ ތަފުސީލްތައް ހާމަ ކުރާނަން އަޅުގަނޑުމެން."ކުރިން ކަރަންޓްގެ ހިދުމަތް ދެމުން އައި ޓެރިފް ރޭޓަށް ބަދަލު ގެނެސް އާ ރޭޓަށް މި މަހު އަމަލު ކުރަން ފަށައިފައި ވަނިކޮށް، ކަރަންޓް އަގު ހެޔޮ ކުރަން ނިންމީ ރާއްޖޭގެ ބާޒާރުގައި ވެސް މިހާރު ތެލުގެ ހެޔޮވެފައިވާތީ ކަަމަށް މިނިސްޓަރު ތޯރިގް ވިދާޅުވެފައިވެ އެވެ.މިނިސްޓަރު އަދި ވިދާޅުވީ މި މަހުގެ ބިލް ހަދާނީ ހެޔޮ ކުރި ޓެރިފް ރޭޓްތަކުގައި ކަމަށެވެ.ރާއްޖޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދެމުން އަންނަނީ ސަރުކާރު ހިއްސާވާ ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އާއި ފެނަކައިންނެވެ. އަތޮޅުތެރޭގެ ބޮޑު ބަޔަަކަށް ކަރަންޓް ފޯރުކޮށް ދެނީ ފެނަކައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ