"އުއްމީދު" ގެނެސް ދޭ ސަރުކާރަށް ތައުރީފު ކުރައްވަމުން މެމްބަރު ޔާމީން ޕީޕީއެމާ ގުޅިވަޑައިގެންފި

ސަރުކާރުން ދިވެހި ޒުވާނުންނަށް "އުއްމީދު" ގެނެސްދެމުން ދާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވެރިކަންކުރާ ޕީޕީއެމަށް މިރޭ ސޮއިކުރައްވައިފި އެވެ.އިދިކޮޅު އެމްޑީޕީގައި ހުންނެވި ޔާމީން ޕީޕީއެމަށް ސޮއިކުރެއްވީ މިހާރު ކާނިވާ ސަރަހަައްދުގައި ކުރިއަށް ދާ އެ ޕާޓީގެ ޖަލްސާގަ އެވެ. މަޖިލީހުގައި ހުންނެވި އެންމެ ހަގު މެމްބަރު، ޔާމީނާ ބެހޭ ހާއްސަ ވީޑިއޯ ރިޕޯޓެއް ވެސް ދެއްކި މި ޖަލްސާގައި، ޔާމީންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުންނާއި ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުންގެ އިތުރުން އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ މި ޖަލްސާގައި، ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީ ދޫކޮށްލައްވަން ޖެހިވަޑައިގަތީ އެ ޕާޓީގެ އުސޫލުތައް ބަދަލުވެ، ޒުވާނުންގެ ފައިގައި އަޅުވައި ވައްޓާލަން ފެށުމުންނެވެ. އަދި އެމްޑީޕީގައި މިހާރު ޑިމޮކްރެސީގެ "ކަންފުޅެއް ވެސް ނެތް" ކަމަށާއި ހުދުމުހުތާރު އުސޫލުތައް އެ ޕާޓީން ގެންގުޅެން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."އެހެން ނަމަވެސް، މި އޮޑި މިދަނީ ޑިމޮކްރެސީއާ އެކު ކުރިއަށް،" އެމްޑީޕީގައި "ފިތި، ބާރުވެފައި" ތިބި އިތުރު މީހުން ވަރަށް އަވަހަށް ޕީޕީއެމާ ގުޅޭނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވި އެވެ.މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާގައި މެމްބަރު ޔާމީން ވާހަކަދައްކަވަނީ: ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި-- ހަވީރު ފޮޓޯ: ނިޝާން އަލީ މިހާރު އޮތް "އޯގާތެރި ސަރުކާރު"ން ރާއްޖެ އަށް ތަރައްގީ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ކަމުގެ އިހުސާސް މުޅި ރާއްޖޭގެ ރައްޔިތުންނާާއި އޭނާގެ ދާއިރާގެ ރައްޔިތުންނަށް ކުރެވެމުން ދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޒުވާނުންގެ ކުރިއެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ދިވެހި ޒުވާނުން ވެސް ވަނީ "ފިޔަޖަހަން ފަށާފަ" އެވެ."އެހެންވީމަ، އަޅުގަނޑުމެން މި އުއްމީދު މި ކުރަނީ މި ޕާޓީ މިދާ މިސްރާބުގައި ކުރިއަށް ދާނެ ކަމަށް. މި ސަރުކާރުން ވެސް މިދާ މިސްރާބު ހިފަހައްޓާނެ ކަމަށް،" އިސާހިތަކު ވެލިދޫ ދާއިރާ ތަަރައްގީ ވެގެން ގޮސް، ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން، ޔާމީން ވިދާޅުވި އެވެ.މެމްބަރު ޔާމީން ޕީޕީއެމާ ގުޅިވަޑައިގަތުމުން، އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 42 އަށް އަރާނެ އެވެ. އަދި ނ. އަތޮޅުގެ ތިން ދާއިރާގެ މަޖިލިސް ގޮނޑި ވެސް ސަރުކާރު ކޯލިޝަނަށް ލިބުނީ އެވެ. މި އޮޑި މިދަނީ ޑިމޮކްރެސީއާ އެކު ކުރިއަށް،-- ޔާމީންޔާމީން ޕީޕީއެމަށް ސޮއިކުރެއްވި އިރު، މަޖިލީހުގައި މިފަހުން ނެގި ގިނަ ވޯޓުތަކެއްގައި އޭނާ ވަނީ އެމްޑީޕީގެ ވިސްނުމާ ހިލާފަށް، ސަރުކާރަށް ތާއީދުކުރައްވައި ވޯޓު ދެއްވާފަ އެވެ. އެގޮތުން، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރުމަށް މިދިޔަ މަހު ނެގި ވޯޓުގައި ބައިވެރިވެ، އެކަމާ ދެކޮޅަށް ވޯޓުލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވުމުން، އޭނާއާ މެދު އެ ޕާޓީން ވަނީ ފިޔަވަޅު ވެސް އަޅާފަ އެވެ.ޔާމީނާ އެކު، ވެލިދޫ ދާއިރާގައި ހިމެނޭ ވެލިދޫ، ފޮއްދޫ އަދި ޅޮހީގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ޕީޕީއެމަށް މިރޭ ސޮއިކުރި އެވެ. އޭގެ ތެރޭގައި ކައުންސިލަރުންނާއި ކުރީގެ ކަތީބުންގެ އިތުރުން ވަރަށް ގިނަ ޒުވާނުން ހިމެނެ އެވެ. މީގެ އިތުރުން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް ހުންނެވި މޫސާ އަންވަރާއި އޭނާއާ އެކު އެ ގޮފީގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ޕީޕީއެމާ ވަނީ މިރޭ ގުޅިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ