ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް މާދަމާ ނަގާ އިތުބާރުނެތް ކަމުގެ ވޯޓްގައި މަސީހް އާއި ދެކޮޅަށް ވޯޓްދޭ މެންބަރުންނަށް އިނާޔަތްތަކެއް ދޭނެ ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އެމެންބަރުންނަށް "ދެރަގޮތެއް ނުވާނެ" ކަމަށާއި އޭނާ އާއި ރައީސް މައުމޫން އާއި ރައީސް ނަޝީދު ގުޅިވަޑައިގެން އެބޭފުޅުންނަށް ދެން ވެސް މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ރައީސް މައުމޫން އާއި ރައީސް ނަޝިދު އަދި ގާސިމް މަސައްކަތް ކުރައްވައިގެން ބޭފުޅަކު މަޖިލީހަށް ހޮވަން މަސައްކަތް ކުރާއިރު ދެން އެގޮނޑި ކާމިޔާބު ކުރެވޭނެ އެހެން ބޭފުޅަކު ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެމެންބަރުންނަށް ޕްރައިމަރީ އަކާއި ނުލާ ޓިކެޓް ވެސް ދޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މަޖިލިސް މެންބަރުންނަށް "އެހެން ގޮތްގޮތުން ވެސް އެހީތެރިވާނެ" ކަމަށެވެ.
(އިތުރު ތަފްސީލް އަންނަނީ)
މަސީހް އާއި ދެކޮޅަށް ވޯޓްދޭ މެންބަރުންނަށް އިނާޔަތްތަކެއް ދޭނެ ކަމަށް ގާސިމް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ