ބާލީގެ ތިމާވެށީގެ ސަމިޓްގައި މައުމޫން ތަގުރީރުކުރައްވަނީ

އިންޑޮނޭޝިޔާގެ ބާލީގައި ބާއްވާ ސްޓޫޑެންޓްޝިޕް އެނާޖީ ސަމިޓްގައި ތަގްރީރު ކުރެއްވުމަށްޓަކައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މިއަދު ފުރާވަޑައިގެންފި އެވެ. ކިޔަވާ ކުދިންނާއި ޒުވާނުން ބާއްވާ އެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މާލެއިން ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫނު ވިދާޅުވީ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ޒުވާނުންނަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން އެމަނިކުފާނުގެ ތަގްރީގުގައި އަލިއަޅުއްވާލައްވާނެ ކަމަށެވެ. ޕީޕީއެމްގެ ވެސް ރައީސް، މައުމޫނު ވިދާޅުވި ގޮތުގައި މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގަތީ ބައިނަލްއަގުވާމީ ތިމާވެށީގެ ގިނަ ބައްދަލުވުންތަކުގައި އެމަނިކުފާނު މީގެ ކުރިން ވެސް ވާހަކަފުޅު ދައްކަވާފައިވާތީ އެވެ. މި ސަމިޓް ބާލީގައި ކުރިއަށްދާނީ އަންނަ ބުދަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި ސަމިއްޓްގައި އެކި ގައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ