ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިސްލާމިކް ބޭންކްގެ ފައިނޭންސް ސްކީމްތައް ތައާރަފުކޮށްފި

ތައުލީމީ ދާއިރާގައި މަސަކަތްކުރާ މުވައްޒަފުންނާއި މުދައްރިސުންނަށް އިސްލާމިކް ބޭންކުގެ ކްރެޑިޓް ސްކީމްތައް މެދުވެރިކޮށް ތަކެތި ހޯދޭނޭ މަގުފަހިކޮށްދީފި އެވެ.
އިސްލާމިކް ބޭންކުގެ "މޮޓޯ ފައިނޭންސް" ސްކީމާއި "ކޮންސިއުމާ ފައިނޭސް" ސްކީމްގައި ބައިވެރިވެ ތަކެތި ގަތުމުގެ ފުރުސަތު ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހޯދައި ދިނުމަށް މިއަދު ވަނީ، އެޑިޔުކޭޝަނާއި އިސްލާމިކް ބޭންކާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. އައިޝަތު ޝިހާމެވެ. އަދި އިސްލާމިކް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ، އެ ބޭންކުގެ މެނޭޖިން ޑައިރެކްޓަރު ހާރިސް ހާރޫނެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އެފަދަ އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
"މިކަމަކީ ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކަކަށްވެސް ހުޅުވިގެންދާ ކަމެއް. އޭގެ ތެރޭގައި އެއްލައްކަ ރުފިޔާއާއި ހަމައަށް އެބޭފުޅުންގެ ކަންތައްތަކަށް ހަރަދުކުރެއްވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މި މިސްކީމްގައި އުޅަނދު ފަހަރު ގަތުމާއި، ގެދޮރު ހެދުމާއި ގެދޮރަށް ބޭނުންވާ ފަރުނީޗަރާއި ތަކެތި ހޯދައި ދިނުން ހިމެނެ އެވެ.
މެނޭޖިން ޑައިރެކްޓަރު ހާރިސް ހާރޫން ވިދާޅުވީ، ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ބޭންކުން ތަކެތި ގަނެދިނުމަށްޓަކައި މިހާރުވެސް ތިން ސްކީމެއް ތަޢާރަފްކުރެވި ހިދުމަތް ދެމުން އަންނަ ކަމަށާއި އެ ގޮތުން "ހޯމް ފައިނޭންސް" ސްކީމާއި "މޮޓޯ ފައިނޭންސް" ސްކީމާއި "ކޮންސިއުމަ ފައިނޭންސް" ސްކީމް ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ