ދެކުނު ކޮރެއާގައި އަންނަ ފެބްރުއަރީ މަހު ބާއްވާ ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވުމަށް އުތުރު ކޮރެއާގެ ޓީމެއް ފޮނުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ދެކުނު ކޮރެއާ އަށް ޓީމެއް ފޮނުވަން އުތުރު ކޮރެއާ އިން އެއްބަސްވީ އެކިގޮތްގޮތުން ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު އެވެ.
ރިޕޯޓްތައް ބުނާގޮތުން ވިންޓާ އޮލިމްޕިކްސްއާ ގުޅޭގޮތުން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ވަނީ ގިނަ ކަންކަމާމެދު މަޝްވަރާކޮށްފަ އެވެ. މީގެތެރޭގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ދެކޮރެއާ އެއްކޮށް މާޗްކުރުން ހިމެނެ އެވެ.
ދެކުނު ކޮރެއާގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ބުނީ އުތުރު ކޮރެއާ އިން އަންނަ ޓީމުގައި އެތްލީޓުންނާއި، އޮފިޝަލުންގެ އިތުރުން ޗިއާލީޑާ ގްރޫޕެއްވެސް ހިމެނޭ ކަމަށެވެ.
މިފަހަރުގެ ވިންޓާ އޮލިމްޕިކްސް އަށް ކޮލިފައިވެފައިވަނީ އުތުރު ކޮރެއާގެ އެންމެ ދެ އެތްލީޓުންނެވެ. އެހެންނަމަވެސް ވައިލްޑްކާޑްގެ ގޮތުގައި އިތުރު އެތްލީޓުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.
އުތުރު ކޮރެއާ ވަނީ މީގެކުރިންވެސް އޮލިމްޕިކްސްގައި ބައިވެރިވެފަ އެވެ. އެހެންނަމަވެސް ދެކުނު ކޮރެއާގައި 1988 ވަނަ އަހަރު އޮތް އޮލިމްޕިކް ގޭމްސް އުތުރު ކޮރެއާ ވަނީ ބޮއިކޮޓްކޮށްފަ އެވެ.
ވިންޓާ އޮލިމްޕިކްސް 2018: ދެކުނު ކޮރެއާ އަށް ޓީމެއް ފޮނުވަން އުތުރު ކޮރެއާ އިން އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ