އަހަރެންގެ ކުރިމަގު އޮތީ ރެއާލް މެޑްރިޑްގައި: ރޮނާލްޑޯ

ރެއަލް މެޑްރިޑަކީ ހިތުގައި ހާއްސަ މަގާމެއް ދެވިފައިވާ ކުލަބެއް ކަމަށާއި ބޭނުންވަނީ މުސްތަގުބަލުގައި ވެސް އެ ކުލަބާއެކު ކުރިޔަށްދިއުމަށް ކަމަށް އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ މިހެން ބުނެފައިވަނީ ދާދިފަހުން އޭނާގެ ފޯމު ދަށްވެ އެ ކުލަބަށް ބޮޑެތި ގެއްލުމާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން އެ ކުލަބުގެ ސަޕޯޓަރުންގެ ފަރާތުން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ދާދިފަހުން ރެއާލް އާއި ވާދަވެރި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ މުސާރަ އާއި އެއްވަރަށް ރޮނާލްޑޯގެ މުސާރަ ބޮޑު ކޮށްދޭން އެދުމުން ރެއަލް މެޑްރިޑުގެ މެނޭޖްމަންޓުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އެއާއެކު އަޑުއިވިގެން ދިޔައީ ރޮނާލްޑޯ އެ ކްލަބު ދޫކޮށްލަން އުޅޭ ކަމުގެ ވާހަކަތަކެވެ.އެއަށްފަހު އެ ކްލަބުގެ ކޯޗު، ޒައިނުއްދީން ޒިދާންގެ ތައުރީފްތައް ނޭމާ ތައުރީފުކޮށްފައިވެއެވެ.
ސްޕެއިންގެ ބައެއް މީޑިއާތަކުގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ އޭނާ އުޅޭ ހިސާބަކީ ވަރަށް ފަސޭހައިން ދަތުރުކޮށްފައި ދެވޭ ހިސާބެއްް ކަމަށާއި 2009 ވަނަ އަހަރުން ފެށީގެން އެއް ކުލަބެއްގައި އުޅެވޭނީ ހާއްސަ ލޯތްބެއް އޮތުމުން ކަމަށެވެ. އަދި ބޭނުންވަނީ ކުލަބުގައި މަޑުކުރަން ކަމަށާއި ގިނަ ކާމިޔާބީތައް ހޯދަން އަދިވެސް ބޭނުންވާކަމަށް ރޮނާލްޑޯ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ