އަލީ ހުސައިނާއި ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވެއްޖެ

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވެއްޖެ އެވެ.
ހުސައިން ޝަމީމާއި އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވެފައި މިވަނީ މިއަދު މެންދުރުފަހު 1:30 އަށް މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާ މިމަހުގެ އެއްވަނަ ދުވަހު ޗިޓް ފޮނުވުމުންނެވެ.
މެންބަރު އަލީ ހުސައިނާއި ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުކުރާ ވަކި ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހުސައިން ޝަމީމާއި އަލީ ހުސައިން ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ އެކު އެވެ. އެގޮތުން އަލީ ހުސައިންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންނެވީ ކުރީގެ ސޮލިސިޓާ ޖެނަރަލް އިބްރާހީމް ރިފްއަތު އެވެ. އަދި ޝަމީމުގެ ވަކީލެއްގެ ގޮތުގައި ކޯޓަށް ވަޑައިގެންނެވީ ކުރީގެ ޑެޕިއުޓި ޕްރޮސެކިއުޓާ ޖެނަރަލް ދީބަނާޒް ފަހްމީ އެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ސަސްޕެންޑްކޮށްފައި ތިއްބަވާތާ އެތައް މަސްތަކެއް ފަހުން މި ދެ ބޭފުޅުންގެ ތެރެއިން ޝަމީމްގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ޖެނުއަރީ މަހުގެ 16 ވަަނަ ދުވަހު އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އަނެއްކާވެސް ޝަމީމް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަލީ ހުސައިންގެ ސަސްޕެންޝަން އުވާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އަލީ ހުސައިނާއި ޝަމީމަކީ ފުލުހުންނާއި ޝަރުއީ ދާއިރާގެ ބައެއް ނިންމުންތަކަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ