މެމްބަރު މަހުލޫފުއާ ދެކޮޅަށް އަބުރުގެ ދައުވާކުރަން ނިންމައިފިން: މިނިސްޓަރ މުއިއްޒު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ދެކޮޅަށް އަބުރުގެ ދައުވާ ކުރަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ނިންމައިފިއެވެ.
މުއިއްޒު އެގޮތަށް ނިންމެވިކަން އިއުލާން ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މަހުލޫފުއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރަން މުއިއްޒު ނިންމާފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފްލެޓްތައް ސަރުކާރުން ދިން ގޮތާއި މެދު ހިތްހަމަނުޖެހި އޭނާ ކުރި ޓްވީޓަކާއި ގުޅިގެންނެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓު ކޮށްފައިވަނީ ވެސް މަހްލޫފު ކުރެއްވި އެ ޓްވީޓްގެ ސްކްރީން ޝޮޓަކާއެކުގައެވެ.
ފްލެޓް ދިން މީހުންގެ ލިސްޓް އިއްޔެ ލީކުވެފައިވާއިރު ޝަރުތު ހަމަނުވާ އެތައް ފަރާތަކަށް ފްލެޓް ދީފައިވާކަމުގެ ވާހަކަތަކެއް ވެސް ފެންމަތިވެފައިވެއެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓް އާންމުކުރަން އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ގޮވާލާފައިވީ ނަމަވެސް ފްލެޓް ލިބުނު މީހުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށް ބުނެ ސަރުކާރުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ