ސަރުކާރުން ކުއްލި ޙާލަތު އިއުލާން ކުރުމަށް ފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް ހައްޔަރު ކޮށްގެން މައުމޫންގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ”ތާކުންތާކު ނުޖެހޭ ދައުވާތަކެއް” ކަމަށާއި މިހާރުން މިހާރަށް މައުމޫން މިނިވަން ކުރުމަށް އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
އެމްޑީޕީން މިއަދު ނެރުނު މީޑިޔާ ބަޔާނެއްގައި ބުނެފައި ވަނީ މައުމޫން ހައްޔަރު ކޮށްފައި ވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށާއި މައުމޫނާމެދު ކަންތައް ކުރަމުން އަންނަނީ ބޭއިންސާފުން ކަމަށެވެ. އަދި މައުމޫން ދޫނިދޫ ޖަލުގައި ހައްޔަރުކޮށްގެން ކުރަމުންދާ ދައުވާތަކަކީ ސަރުކާރުގެ ޚުދުމުޚްތާރު ވެރިކަން ދެމެހެއްޓުމަށް ކުރާ ކަމެއް ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.
”ސަރުކާރަށާއި ޢަބްދުﷲ ޔާމީނަށް ފާޑުކިޔާ ކޮންމެ ފަރާތެއް ޖަލަށްލުމަށް، ސަލާމަތީ ޚިދުމަތްތަކާއި ދައުލަތުގެ މުވައްސަސާތައް ސިޔާސީ ގޮތުން ބޭނުން ކުރަމުން ގެންދިއުމުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގައި ތަކުރާރު ކުރަމެވެ. އަދި މިފަދައިން ޢަމަލު ކުރަމުން ގެންދިއުމުގެ ސަބަބުން މުޅި ޢަދުލު އިންސާފުގެ ނިޒާމު ގަޑުބަޑުވެ ޤައުމުގެ ޞުލްޙައަށް އަސަރުކޮށް އެކަމުގެ ގެއްލުން ލިބޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ.” އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ގައުމަށް ހަމަޖެހުން ގެނައުމަށް އެންމެ މުހިއްމީ ސިޔާސީ ލީޑަރުންނާއި ސިޔާސީ އެކިއެކި ބޭނުމަށް ބޭއިންސާފުން ބޭރުން ޝަރީޢަތްކޮށް ޖަލަށްލާފައިވާ ހުރިހާ ފަރާތްތައް މިނިވަންކޮށް، ދައުލަތުގެ މުވައްސަސާތައް އޭގެ ގޮތުގައި ހިންގުމަށް ޖާގަދީ 3 ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމެއް އުފެދި އަށަގަތުމަށް ފުރުޞަތު ފަހިކޮށްދިނުން ކަމުގައެވެ.
މައުމޫނަށް ކުރަނީ ތާކުންތާކު ނުޖެހޭ ދައުވާތަކެއް، މައުމޫން މިނިވަންކުރޭ- އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ