ގާސިމް ބުނާހާ އަވަހަކަށް ރާއްޖެ ބަނޑަކަށް ނުޖެހޭނެ: އަދުރޭ

ގާސިމް ބުނާހާ އަވަހަކަށް ރާއްޖެ ބަނޑަކަށް ނުޖެހޭނެ ކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެވެ.
މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި، ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ރާއްޖެ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ދެއްވިކަމަށާއި އެއީ އެއްވެސް ހަޤީގަތެއްް އޮތް ވާހަކައެއް ނޫންކަމަށެވެ.
"ރޭ ނޫންކުރީރޭ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނަށް ބައްލަވާ ލެއްވީމަވެސް އެނގިވަޑައިގަންނަވާނެ އަދި އެ ވިދާޅުވާހާ ފަސޭހައިން ރާއްޖެ ބަނޑަށް ޖެހެން ނެތް ކަން. ރާއްޖޭގެ ރިޒާވުގަ މިހާރުވެސް ހުރި މިންވަރު ރައީސް ޔާމީން އެރޭވެސް ވިދާޅުވެ ދެއްވި. އެހެންވީމަ އެއީ އެއްވެސް ތާކުންތަކު ޖެހޭ ވާހަކައެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މިޒައާމަތުގައި ގައުމު ބަނޑަށް ޖެހުމައަކަށް ނުދާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށެވެ.
"ކުރިއަށް އޮތް އެއްމަސްދުވަހަކު ނޫން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިގައުމު ބަނޑަށް ޖެހުމާ ހަމައަކަށް ދެން އިރާދަކުރެއްވިއްޔާ ނުދާނެ. އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ މި ޒައާމަތަކު އެކަމެއް ދިމައެއް ނުވާނެ،" އަދުރޭ ވިދާޅުވިއެވެ.
އެފަދަ ވާހަކަތައް ދައްކަނީ ބަޣާވާތްކޮށްގެން ވެރިކަން ވައްޓައި ނުލެވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ގައިދީންގެ ގޮތުގައި ތިއްބެވި، ނަޝީދާއި ޤާސިމްފަދަ ބޭފުޅުންގެ، މީހުންގެ އިންޓަވިއުތައް ގެނެސްދިނުމަކީ ކުރެވިގެންވާނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ