ޕީޕީއެމްއާ ދެކޮޅަށް އުމަރު ނެެރެން ބޭނުންވި ވަގުތީ އަމުރު ނެރެއެއް ނުދިން

ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދި އެ އިންތިހާބްގައި ވާދަކުރެއްވި އެޕާޓީގެ ކުރީގެ ނައިބު ރައީސް އުމަރު ނަސީރު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައި ނެރެދިނުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގެ އުމަރު ނަސީރު އެދިވަޑައިގެންފައިވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީޒްއާ ގުޅިގެން އޭނާއަށާއި އޭނާއަށް ތާއީދުކުރާ އެއްވެސް ފަރާތަކާއި މެދު ފިޔަވަޅު ނޭޅުމަށާއި އެ އިންތިހާބާ ގުޅުން ހުރި އެއްވެސް މީހަކު ޕާޓީގެ ޕްރައިމަރީގެ ނަތީޖާއާ މެދު ސިވިލް ކޯޓުން ގޮތެއް ނިންމަންދެން ޕާޓީން ވަކިނުކުރެވޭނެ ކަމަށް ކަނޑައަޅައި ވަގުތީ އަމުރެއް ނެރެދިނުމަށެވެ.
އުމަރުގެ ފަރާތުން ކޮށްފައިވާ އެ ދައުވާއާ ގުޅިގެން ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހުށަހަޅައިފައިވާ ބަޔާންތަކާއި ހެއްކަށް ބާލާއިރު ޕީޕީއެމްގެ ސުލޫކީ ކޮމިޓީއާއި އެޕާޓީގެ އިސްތިއުނާފް ކޮމިޓީ ހިނގަމުންދަނީ ޕާޓީގެ ތެރެއިން އެ ނިޒާމްތައް ހިންގަން ޖެހޭ ގޮތަށް ކަމަށާއި އެނޫން ގޮތަކަށް އެކަންތައްތައް ހިނގަމުންދާ ކަމުގެ ހެކި ޝަރީއަތަށް ހުށަހެޅިފައިނުވާ ކަމަށެވެ.
އުމަރާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކާމެދު ޕާޓީން ފިޔަވަޅު އަޅާފާނެ ކަމަށްޓަކައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން އެ ޕާޓީގެ އެތެރޭގައި ހިނގަމުން ގެންދާ އެންމެހާ ކަންކަން ވަގުތީ ގޮތުން ހުއްޓުވާލުމުގެ އަމުރެއް ނެރެން ޖެހޭ ސަބަބެއް އޮތް ކަން ޝަރީއަތަށް ސާފުނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އުމަރު ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅީ މީގެ ކުރިން އެ ޕާޓީގެ މެދުހެންވޭރު ދާއިރާގެ ރައީސް ރަހުމާ މޫސާ ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލުމުންނެވެ.
އުމަރު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ޕްރައިމަރީގައި ވޯޓު ލާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގައި އަމަލުކޮށްފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފަށް ކަމަށާއި އެހެންކަމުން އެ އިންތިޚާބަކީ ބާތިލް އިންތިޚާބެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ