މައިޒާންތަކާއި ގުދުރަތީ ވެށީގެ މުހިންމުކަން ކަރަންޓް ކެނޑުމުން އެނގިއްޖެ

ކުޅުދުއްފުށީގައި ކަރަންޓް ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ކުރިން އިޢުލާންކޮށްގެން މުޅި ރަށުން ވަނީ މިއަދު ކަރަންޓް ކަނޑާލާފައެވެ. ކަރަންޓް ކަނޑާލުމާއެކު އާންމު ފަރާތްތަކުން ވަނީ ގެތަކުން ނުކުމެ ރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެފައެވެ. މިގޮތުން މީހުންގެ މެދުގައި އެންމެ މަޤޫބޫލް ތަންތަނުގެ ގޮތުގައި ފެނިފައި ވަނީ މޫދާއި، މައިޒާންތަކާއި، ރަށުގެ އުތުރު ފަރާތު ހޭޅި އަދި ހޭޅީގައި ހެދިފައި ހުރި މަގުތަކާއި އެތަންތަނުގައިވާ ގަސް ރުކުގެ ހިޔާގަނޑުތަކުގެ އިތުރުން ރަށުގެ އެކި ސަރަހައްދުގައި ހުރި ބޮޑެތި ގަސްތައް ދަށެވެ.
ޝައެއްކެތް ވެސް ނެތެވެ. އަހަރެމެންގެ ގެތައް ޑިޒައިންކޮށް އިމާރާތް ކުރަމުން މިހާރު އަންނަގޮތުގެ ސަބަބުން ވައި ދައުރުވުމުގެ ޖާގަ ވަރަށް ކުޑައެވެ. ފިނި ކުރުމަށާއި ވައި ދައުރުކުރުމަށް ގިނަ ފަރާތްތަކުން ބޭނުންކުރަނީ އެސީއެވެ. ބައެއް ގޯތި ތަކުގެ ފަހަތުގައި އަދި ކުރިމައްޗަށް ހުންނަ ހުސްޖާގައިގައި ގަސް އިންދާފައި ހުރި ކަމުގައިވިޔަށް ކުރިއާ އަޅާބަލާއިރު ކުޅުދުއްފުށީގެ ގެތަކުން ވަނީ ހިޔާދޭ ބޮޑެތި ގަސްތައް ވަރަށް މަދުވެފައެވެ.
މިގޮތަށް ކަންތައް ދިމާވުމުގެ ސަބަބުން މިއަދު ކުޅުދުއްފުށީގެ ކުދި ބޮޑު އެންމެން އިސާހިތަކު ގެތަކުން ނުކުމެ ވަޔާއި ފިނި ލިބޭނަ ފަދަ ސަރަހައްދުތަށް ވަނީ ފުރާލާފައެވެ. މިގޮތުން ގިނަ ބަޔަކު މޫދަށް އެރި އފިނިކަން ހޯދިއިރު އަނެއް ބަޔަކު ގަސްރުކުގެ ދަށުން ވަނީ ތައްސަލީއާއި ފިނިކަން ހޯދާފައެވެ.
ކުޅުދުއްފުށިން ކަރަންޓް ކެނޑުމުން ބަޔަކު މައިޒާނެއްގައި މަޑުކޮށްލައިގެން--
ކުޅުދުއްފުށިން ކަރަންޓް ކެނޑުމުން ބަޔަކު މައިޒާނެއްގައި މަޑުކޮށްލައިގެން--
ޝައްކެތްވެސް ނެތް ގޮތުގައި މިއަދުގެ މި ތަޖުރިބާއިން ފެނިގެން ދިޔައީ ރަށުގެ ގުދުރަތީ ވެށީގެ މުހިންމުކަމެވެ. ކުޅުދުއްފުށިވެސް ތަރައްޤީގެ އެކި ޕްރޮޖެކްޓްތައް ހިންގައި އާބާދީ އިތުރުވަމުންދާ ބާރުމިނުން ގުދުރަތީ ވެށި ދަނީ ހަލުވިކަމާއެކު ނެތެމުންނެވެ. އާބާދީ އިތުރުވަމުންދާ ވަރަކަށް ކުރިން އޮތް މިންވަރަށް ބޯ ވަލާއި، ރުއްދަނޑުތަކާއި، ހުސްޖާގަތައް ނުބޭވޭނެކަން އެއީ ޤަބޫލްކުރަންޖެހޭ ހަގީގަތެކެވެ. ނަމަވެސް ތަރައްޤީގެ ނަމުގައި ރަށުގެ ގުދުރަތީ ހުރިހާ ސިފަތާކައި ތަންތަން ނައްތާލައިފިނަމަ ދެންވާނެ ގޮތް ވިސްނަވާލާށެވެ. މާލެއިން ފެންނަ ފަދަ ހާސްކަމާއި ނުތަނަވަސްކަން ކުޅުދުއްފުށިން ވެސް އިހްސާސް ކުރެވޭކަށް ލަސްތަކެއް ނުވާނެއެވެ.
ރަށް ތަރައްގީ ކުރާއިރު ރަށް ތަރައްގީ ކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް އޮންނަން މުހިންމުވަނީ މިހެންވެއެވެ. ރަށް ތަރައްގީ ކުރާއިރު އެކި ފަންނު ތަކުގެ މީހުންގެ ހިޔާލާއި މަސްވަރާ މުހިންމު ވަނީ މިހެންވެއެވެ. ރަނގަޅަށް ޕްލޭން ކުރެވިއްޖެނަމަ ގުދުރަތީ ސިފަތަކާއި، ގަސް އަދި ފިނި މައިޒާންތައް ބަހައްޓައި ޖާގަ ނުގެއްލޭފަދަ ގޮތަށް ތަރައްގީ ކުރުމަކީ މިހާރު ކުރިއަރާފައިވާ ގައުމުތަކާއި ސިޓީ ތަކުގައިވެސް ކަންތައް ކުރާ ގޮތެވެ. މިގޮތުން ސިޓީތަކާއި ރަށްތައް ޕްލޭންކޮށް ތަރައްޤީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަންނުވެރިން ކަމުގައިވާ އާރބަން ޑިޒއައިނަރުން ގަބޫލްކުރާ އެއްހަމައަކީ އެމީހަކު ދިރިއުޅޭ ތަނަކުން 5 މިނެޓް ތެރޭގައި ހިގާލާފައިދެވޭ ގުދުރަތީ ސަރަހައްދެއް ނުވަތަ ޕާރކެއް އޮންނަން ވާނެކަމެވެ.
ސިޓީގައި ފަސް މިނެޓުން ހިންގާލާފައި ދެވޭވަރުގެ ޕާރކުތައް ދައްކުވައިދޭ ކުރެހުމެއް--
މިހެން ކަންތައް ނުކޮށްފިނަމަ މީހުން ގެތަކުގައި ތާށިވެ، ސާފުވަޔާއި ކަސްރަތު ލިބުމުން މަހުރޫމްވެއެވެ. ކުޑަ ކުދިންނަށް ކަސްރަތާއި ހެލިފެލިފެ އުޅުމުގެ ފުރުސަތު ނުލިބުމުން ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުމުވަމަށް ހުރަސްއެޅެއެވެ. އުމުރުން ދުވަސްވީ ފަރާތްތަށް ގެތަކުގައި ތާށިވެ ސިއްހީ މައްސަތައް ދިމާވެ ނަފްސާނީ ގޮތުން އަސަރު ކުރެއެވެ.
ތަނެއްގައި ދިރިއުޅޭ ބައެއްގެ ހިތްހަމަޖެހުމަށާއި ދުޅަހެޔޮ ސިއްހަތެއް ޔަގީން ކުރުމަށް ރަނގަޅަށް ޕްލޭންކޮށް ގުދުރަތީ ވެށިން ބައެއް ސަލާމަތް ކުރުމަކީ މިހުރިހާ ސަބަބުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިއަދު ކަރަންޓްގޮސްގެން ނުކުންނާނެ ސަރަހައްދުތައް ހުރިނަމަވެސް މާދަމާ މިތަންތަން ހުންނާނެ ބާވައެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ