ދެކުނުގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މޫސުން ވަރަށް ގޯސްވެ، ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ދެކުނުގެ ހުރިހާ ރަށަކަށް ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 20:00 އަށެވެ.
މީގެ ކުރިން މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަަރަހައްދަށް ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ. އެ ސަމާލުގައި ބުނެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 22:00 އަށެވެ.
މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށް ބުނެފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށްވެސް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ