ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް 40 ޕަސެންޓު ކަނޑާލަން ނިންމައިފި

ޖޫން މަހުގެ ކަރަންޓު ބިލުވެސް ސަބްސިޑައިޒްކޮށް، ބިލުން 40 ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ބުނެފިއެވެ. މިއަދު މީޑިއާތަކާ ބައްދަލުކޮށް، ޖޫން މަހުގެ ބިލުންވެސް 40 ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، ޖޫން މަހުގެ ކަރަންޓު ބިލު އާދައާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ އާންމުން ދަނީ ކުރަމުންނެވެ. ސްޓެލްކޯގައި މިހާރު ކުރިއަށްދާ ބައްދަލުވުމެއްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަނެއްކާވެސް ފޮނުވާނެ ކަމަށެވެ. އިތުރު ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ