ސީއެސްސީގެ މެމްބަރު ކަމަށް ޝަހީގު އައްޔަންކުރައްވައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ބ. ގޮއިދޫ، ސޯސަންގޭ، އިބްރާހިމް ޝަހީގު ރައީސް އަބްދުﷲ ޔާމީން، މިއަދު އައްޔަންކުރައްވައިފި އެވެ.
އެ މަގާމަށް އޭނާ އައްޔަންކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސީއެސްސީން މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލާ އަލީ ހާލިދު، ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އައްޔަންކުރެއްވުމުންނެވެ.
ސީއެސްސީ އެކުލެވެނީ ފަސް މެމްބަރުންގެ މައްޗަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބެވީ ޑރ. އަލީ ޝަމީމާއި ފާތުމަތު ރީނީ އަބްދުއްސައްތާރާއި ޒަކަރިއްޔާ ހަސަން އަދި ޝަހީދު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ