ޑީޑީ އަށް ރުހުމެއް ނުދޭނަން: ތަސްމީން

ފިޝަރީޒް މިނިސްޓަރު ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު އައްޔަންކުރެއްވި ޑރ. އިބްރާހީމް ދީދީ (ޑީޑީ) އަށް ޑީއާރުޕީން މަޖިލީހުގައި ރުހުން ނުދޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ތަސްމީން އަލީ ދެންމެ ވިދާޅުވެއްޖެ އެވެ.
މަޖިލިސް ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ މަޖިލީހުން ކުރިން ވެސް ޑީޑީ އަށް ރުހުން ނުދޭން ފާސްކޮށްފައި ވާއިރު އޭގެ ފަހުން ވޭތުވެދިޔަ އެއް އަހަރު ތެރޭ އެ ނިންމުން ބަދަލުކުރާ ފަދަ ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
މިކަމާ މެދު އިދިކޮޅު އެހެން ފަރާތްތަކާ ވެސް މަޝްވަރާކުރައްވާނެ ކަމަށާއި އެ ފަރާތްތަކުގެ ވިސްނުން ވެސް އެއްގޮތް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ