ސިންޑީ ކްރޮފޯޑްގެ 14 އަހަރުގެ ދަރިފުޅު މޮޑެލިން ދާއިރާގެ ކުރީގައި

ސުޕަ މޮޑެލް ސިންޑީ ކްރޮފޯޑް އަކީ 90ގެ އަހަރުތަކުގައި މަޝްހޫރުވި، ފެޝަން ދާއިރާގައި އަދިވެސް އެންމެ އަލިގަދަ ތަރިންގެ ތެރޭގައި ހިމެނޭ މޮޑެލެކެވެ. މިހާރު އޭނާގެ ދަރިން ވެސް މޮޑެލް ކުރަން ފަށައިފި އެވެ.
ސިންޑީގެ ފިރިހެންދަރިފުޅު ޕްރެސްލީ ގާބާ އެންމެ ފަހުގެ ޑޮލްޗޭ އެންޑް ގައްބާނާ ފެޝަން ޝޯގެ ރަންވޭ މަތިން ފެނިގެންދިޔަ އެވެ. ކާޔާ ގާބާ، ސިންޑީގެ އަންހެންދަރިފުޅު ވެސް، ބޮޑެތި ފެޝަން ކެމްޕޭންތަކަށް މޮޑެލް ކޮށްފައިވެ އެވެ.
"ޓީން ވޯގް" ގައި ކާޔާ ވަރަށް ހިތްގައިމު ހެދުންތަކެއް ލައިގެން މޮޑެލް ކޮށްލައިފަ ހުރި ފޮޓޯތަކެއް ޖެހި އެވެ. އަދި ވޯގް މަޖައްލާގެ ބޭރު ކަވަރުގައި ޝާއިއުކުރި ފޮޓޯގައި އޭނާގެ މަންމައާ އެކު ސުޕާ މޮޑެލެއް ގޮތަށް މޮޑެލް ކޮށްފައި ހުއްޓެވެ.
އެންމެ 14 އަހަރުގައި ކާޔާ ގާބާ ފެޝަން ދާއިރާގެ މުހިންމު ހިސާބަކަށް ދަތުރުކޮށްފި އެވެ. މިދިޔަ ހަފުތާގައި އޭނާގެ ފުރަތަމަ ފެޝަން މަޖައްލާ ކަވަރު ވަނީ ފެނިފަ އެވެ. އިނގިރޭސިވިލާތުގެ ފެޝަން މަޖައްލާ "ޕޮޕް" ގެ ބޭރު ކަވަރުގައި ކާޔާގެ ތިން ފޮޓޯއެއް ޝާއިއުކުރާނެކަމަށް އެމަޖައްލާއިން އިއުލާން ކުރި އެވެ. ބޮޑު ފެޝަން މަޖައްލާއެއްގެ ބޭރު ކަވަރުގައި ފޮޓޯ ދައްކާލުމަކީ ކޮންމެ މޮޑެލެއް ވެސް އުއްމީދުކުރާ އެއް ކަމެވެ. ހުދު ޓީޝާޓެއް ލައިގެން، އިސްތަށިގަނޑު ނިއުޅުވާލައިގެން، ނެޗުރަލް މޭކަޕެއް ކޮށްލައިގެން ހުއްޓާ ޕޮޕް މަޖައްލާގައި ކާޔާ ފެނިގެންދިޔަ އެވެ.
މިއީ ދުނިޔޭގެ އެންމެ ރީތި އަންހެންކުއްޖާތޯ ޕޮޕް މަޖައްލާގެ އިންސްޓަގްރާމް ޕޭޖުގައި ސުވާލުކޮށްފައިވެ އެވެ. ކާޔާގެ ކަވަ ފޮޓޯ ނަގާފައި ވަނީ ފޮޓޯގްރަފާ ޝާލޮޓް ވޭލްސް އަދި ސްޓައިލް ކުރީ ޝާލޮޓް ކޮލެޓް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ