ބަދަލުގެ ގޮތުގެ 200 މިލިއަން ހޯދަން މަންދުން ދައުވާ ކުރަނީ

މަންދު ކޮލެޖް ހިންގި ކުރީގެ މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ގެ އިމާރާތުން ބޭރުކުރި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމަށް މަންދު ކޮލެޖުން ނިންމައިފި އެވެ.
އަަވަސްއަށް އެނގިފައިވާ ގޮތުގައި މަންދު ކޮލެޖުން ކޯޓަށް ހުށައެޅުމަށް ތައްޔާރުވަމުން ދަނީ ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ ހޯދާށެވެ. އަދި ކުރިއަށް އޮތް ހަފުތާގައި އެ މައްސަލަ ކޯޓަށް ހުށައެޅުމަށް ވަނީ ނިންމާފަ އެވެ.
ނަމަވެސް މަންދު ކޮލެޖުން މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.
އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖް ހިންގަމުންދަނިކޮށް އެތަން ހުސްކުރަން އެންގީ ރައީސް ޔާމީން ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. އެ އެންގުމަށް ތަބާ ނުވުމުން ޖޫން 3، 2015 ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމާރާތުގެ ބޭރު ގޭޓްގައި ތަޅު އަޅުވާފަ އެވެ.
އެމްއީއެސްގައި މަންދު ކޮލެޖް ހިންގި ދުވަސްވަރު
އޭރުން ފެށިގެން މަދުކޮލެޖުން ވަނީ އެކަަން ކޮށްފައިވަނީ ގަވާއިދާ ހިލާފަށްކަން ފާހަގަކޮށް އެކަމުގެ ބަދަލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.
އެމްއީއެސްގެ ކުރީގެ މަސްއޫލުވެރީން ކަމުގައިވާ ގ.ސިނަމާލެ 3 (34-04) އަލީ މުސްތަފާ އާއި، މ. ސިނާ، އަހްމަދު ޒާހިރާއެކު އެޑިއުކޭޝަން މިނިސްޓްރީން ޑިސެންބަރު 28، 2008 ގައި އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމަށް ވަނީ އެއްބަސްވެފައެވެ. ނަމަވެސް 2009 ވަނަ އަހަރު އެމްއީއެސް އިންޓަނޭޝަނަލްގެ ނަމުގައި ސުކޫލު ހިންގުމަށްފަހު ޖެހިގެން އައި އަހަރުން ފެށިގެން 2015 ގެ ނިޔަލަށް އެތަނުގައި ހިންގީ މަންދު ކޮލެޖެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ވަރަށް ގިނަ ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ނަމުގައި ބޮޑެތި އަަދަދުތަކުން ދަނީ ފައިސާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ