ފެނަކައިން ދެ ރަށެއްގައި އިންޖީނުގެ އަޅަން ބަޔަކާ ހަވާލުކޮށްފި

ފެނެކަ ކޯޕަރޭޝަނުން ދެ ރަށެއްގައި އައު އިންޖީނުގެ އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
އެގޮތުން އައު އިންޖީނުގެ އަޅަން ހަވާލުކޮށްފައިވަނީ ލ.ފޮނަދޫ އަދި ނ ޅޮހީގައެވެ. މިއީ އިންޖީނުރޫމާ އޮފީސް ބައި ހިމެނޭ ގޮތަށް އަޅާ އިމާރާތްތަކެކެވެ. މިދެ ރަށުގައިވެސް އިންޖީނުގެ އަޅަން ހަވާލުކޮށްފައިވާ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެކު ފެނަކައިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުއެވެ. ޑްޕްލެކްސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އަސްލަމެވެ.
ނ.ޅޮހީގެ އިންޖީނުގެ އިމާރާތް ކުރަން ހަވާލުކުޮށްފައިވަނީ 270 ދުވަހުވެ ތެރޭގައެވެ. މިމަސައްކަތް ނިންމާ ހަވާލުކުރަންޖެހޭ މިއަހަރުގެ ނޮވެމްބަރު 26ގެ ކުރިންނެވެ. އެއީ 6.47 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ފޮނަދޫގައި އިމާރާތް ކުރަން ހަމަޖެހިފައިވާ އިންޖީނުގޭގެ މަސައްކަތް ނިންމަން ޖެހެނީ 305 ދުވަހުގެ ތެރޭގައެވެ. މިއީ 8.64 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ