ޝޭޚް އިމްރާން އާއި އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުކޮށްފި

ދީނުގެ ހިމާޔަތުގައި ކަމަށް ބުނެ މި މަހުގެ 23 ގައި ބާއްވަން އުޅޭ
މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ
އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި މަދަނީ އިއްތިހާދުގެ
އިސް މެމްބަރު އަބްދުﷲ މުހައްމަދު މީގެ ކުޑައިރުކޮޅެއް ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ޝޭޚް އިމްރާން ވިދާޅުވީ އޭނާ އާއި އަބްދުﷲ މިއަދު 00: 1 ގައި ފުލުސް
އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓްގައި ސަބަބެއް ބަޔާންކޮށްފައި ނުވާ
ކަމަށެވެ.
"އޭގައި އޮތީ ހާޒިރުކުރަނީ ފުލުސް އޮފީހުން ބަލަމުންދާ މައްސަލައެއްގައި ކަމަށް،" އިމްރާން ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުސް އޮފީހުން ވަކި އެއްޗެއް ނުބުންޏެވެ.ނަމަވެސް އެ ދެ ބޭފުޅުން ފުލުސް އޮފީހަށް މި ހާޒިރުކުރީ ދީނަށް ގޮންޖަހާ މީހުން މަރާނެ ކަމަށް ބުނެ މުޒާހަރާގެ ވެބްސައިޓްގައި ޖަހާފައިވާ ޝިއާރުތަކެއްގެ މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ