ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އާ ގުޅި ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ބުނެ ފެތުރިފައިވާ އަޑުތައް އެމަނިކުފާނާއި އެމްއާރްއެމް އިން ދޮގު ކޮށްފި އެވެ.
މި އަޑުތައް ފެތުރިފައިވާއިރު ސަރުކާރުގެ ހަބަރުތަކަށް ހާއްސަ އިސްކަމެއް ދީފައި އޮންނަ ރާއްޖެ ޓީވީން ވަނީ ރައީސް މައުމޫން އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ހަބަރެއް ގެނެސްދީފަ އެވެ.
ނަމަވެސް ރައީސް މައުމޫނާއި އެމްއާރްއެމްއިން ވެސް އެކަން ދޮގު ކުރައްވާފައި ވެއެވެ.
އެމްއާރްއެމްގެ ސްލޮޓެއްގައި ހެރިޓޭޖް މިނިސްޓަރަކަށް ހުންނެވި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވެސް ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫނާ ގުޅޭގޮތުން ފަތުރަނީ ދޮގު ހަބަރެއް ކަމަަށެވެ. އަދި އެފަދަ މަޝްވަރާއެއް އެމްއާރްއެމްގެ ތެރޭގައި ނުވެސް ކުރާ ކަމަށާ އެފަދަ ވާހަކަތަކެއް ބަޔަކު ފަތުރަނީ ހަގީގަތް އޮޅުވާލަން ކަމަށެވެ.
"އެމްއާރްއެމް އިން މި ފަދަ ނިންމުމެއް ނިންމާފައެއް ނުވޭ. އަދި މިފަދަ މަޝްވަރާއެއް ވެސް ކޮށްފައެއް ނުވޭ. މިއީ ހަގީގަތް އޮޅުވައިލުމަށް ބަޔަކު ދައްކާ ވާހަކަ،" ޔުމްނާ ވިދާޅުވި އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުން އަދި އެމަނިކުފާނު އޭރު އުފެއްދެވި ސިޔާސީ ހަރަކާތުން 2018 ގައި ތާއީދު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ރައީސް މައުމޫނާއި މެޑަމް ނަސްރީނާ އިބްރާހިމް ވެސް ވަނީ މަސައްކަތް ކުރައްވާފަ އެވެ.
މައުމޫނު އިދިކޮޅާ ގުޅޭ ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ