އުމަރު ނަސީރުގެ ޓީމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭތު ގާސިމު އިބުރާހީމަށް ތާއިދު ކުރުމަށް ނިންމައިފިއެވެ. މިހާރުވެސް ޕީޕީއެމުގައި ހިމެނޭ މެންބަރުންނާއި އެކު ގާސިމަށް ތާއިދު ކުރަން ނިންމާފައިވާ އިރު، ޖުމްހޫރީ ގުޅުމުން ވެސް އުމަރުގެ ޓީމު ބަލައިގަތުމަށް ނިންމާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.                         
އުމަރު ވިދާޅުވީ ޖުމްހޫރީ ގުޅުމާއި ގުޅެން ނިންމާފައިވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ބަލާއިރު، އެންމެ ސާފު އަދި ގާބިލު ކެންޑިޑޭޓަކީ ގާސިމު ކަމަށްވާތީ ކަމަށެވެ. ޖުމްހޫރީ ގުޅުމާއި ކޯލިޝަން ހަދާނީ ޕާޓީއެއްގެ ދަރަޖައިގައި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ޖުމްހޫރީ ގުޅުމުގެ ސަރުކާރެއްގައި އުމަރުގެ ޓީމުގެ ހިއްސާ އޮންނާނެ ކަމަށާއި އެސަރުކާރަށް ސީދާ އުމަރު ވެސް ހިދުމަތް ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހަމަޖެހިފައިވަނީ ސަރުކާރުގެ ކޮން ޕޯޓު ފޯލިއޯއެއް ކަމެއް އުމަރު ވިދާޅެއް ނުވެއެވެ. 
އުމަރު ވިދާޅުވީ ޖުމްހޫރީ ގުޅުމަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އިތުރުވެފައިވާ ކަމަށާއި އުމަރުގެ ޓީމާއެކު އިންތިހާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ވުރެ ބާރަށް ހިނގަން ފަށާނެ ކަމަށެވެ. 
އިތުރަށް ވާހަކަ ދައްކަވަމުން ގާސިމާއި ވިޔަފާރީގެ މަސްލަހަތު ވެސް އޮންނަ އުމަރު ވިދާޅުވީ އޭނާއާއި ގާސިމާއި އޮތް ރައްޓެހިކަމުގެ ގުޅުމާއި ސިޔާސީ ކަންތައްތަކަކީ ތަފާތު ކަންތައްތަކެއް ކަމަށާއި އެކަން ވޭތުވެ ދިޔަތަނުގައި ސާބިތުކޮށްދީފައިވާނެ ކަމަށެވެ. އެގޮތުން 2008ގެ އިންތިހާބުގައި ވެސް ގާސިމު ހުންނަވަނިކޮށް އެހެން ފަރާތްތަކަށް ތާއިދު ކުރެއްވި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިފަހަރު ވެސް ޕީޕިއެމުން ވަކިކުރުމުން ދެން ގުޅޭނީ ޖުމްހޫރީ ޕާޓީއާއި ކަމަށް ގިނަ ބަޔަކު ދެކެމުން ދިޔަ ކަމަށް އުމަރު ވިދާޅުވިއެވެ. 
ނަމަވެސް ގާސިމަށް ތާއިދު ކުރަން ނިންމީ ވަރަށް ގިނަ ގޮތްގޮތުން ބެލުމަށްފަހު ކަމަށް އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބު ނިމުމުގެ ކުރިން އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅެން ބޭނުން ނުވާ ކަމަށާއި އިންތިހާބަށްފަހު ވެސް ޕާޓީއަކައި ގުޅޭނީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަށްފަހު ކަމަށެވެ.
    
    އުމަރު ޖުމްހޫރީ ގުޅުމަށް ތާއިދުކުރަން ނިންމައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            