އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކްރަމް އައްޔަން ކުރައްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ހދ. މަކުނުދޫ، ޑައިމަންޑްވިލާ، އަހުމަދު އަކްރަމް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އީސީގެ މެންބަރުކަމަށް އަކްރަމް އައްޔަން ‏‏ކުރެއްވިކަމުގެ ލިޔުން އަކްރަމްއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.‏
އީސީގެ މެމްބަރުކަމަށް އަކްރަމް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިމަހުގެ 18 ވަނަ ދުވަހު އެވެ. އަކްރަމް އައްޔަން ކުރުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ