އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވެފައިވާއިރު އިންތިހާބު ބާއްވާފައިނުވާ ކަމަށް ބުނެ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓަށް ވެއްދި މައްސަލަ ސިވިލް ކޯޓުން ވަނީ ބަލައިގެންފައެވެ.
އަލްހާން ހުށަހަޅާއިފައިވާ މައްސަލާގައި އެމްޑީޕީގެ ރިޔާސީ ދައުރަކަށް 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް ކަމަށް އަލްހާން ފަހުމީ އިންތިހާބުކޮށްފައިވާ ދައުރު ހަމަވެފައި ވަނީ، 2012 ވަނަ އަހަރު އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގައި ކަމަށް ވަނީ ބުނެފައެވެ.
އެމްޑީޕީގެ ރައީސް ކަމަށް މުހައްމަދު ނަޝީދާއި އަދި ނައިބު ރައީސް ކަމަށް މުހައްމަދު ޝިފާޒު ވަނީ އިންތިހާބުކޮށްފަ އެވެ.
އަލްހާން ވިދާޅުވިގޮތުގައި އެ ދެ ބޭފުޅުންގެ މަގާމުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ. އެއީ، އެ ދެ ބޭފުޅުން އިންތިހާބު ކޮށްފައިވަނީ ދައުރެއްގެ މެދު ތެރެއިން، ބައި-އިލެކްޝަނެއްގައި ހިނގަމުން ދިޔަ ދައުރަށް ކަމަށްވާތީ އެވެ. އެ ދައުރު މިދިޔަ އޭޕްރީލް މަހު ވަނީ ހަމަވެފަ އެވެ.
އަލްހާން އެދިފައިވަނީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމަށް، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވައިދިނުމަށް ޕާޓީއަށް އަމަރުކޮށްދިނުމަށެވެ. އަދި މި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން އުސޫލު އޮންނަ ގޮތުން ޑިސްޕިއުޓް މަރުހަލާ ކުރިއަށް ގެންދާނެ އެވެ. މައްސަލަ ޝަރީއަތަށް ދަނީ އެ މަރުހަލާގައި ސުލްހަވެރި ހައްލެއް ނުލިބިއްޖެނަމަ އެވެ.
އެމްޑީޕީއާ ގުޅޭ ގޮތުން އަލްހާން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ