ވައިބާ ގްރޫޕްގައި ހިޔާލުތަފާތުވުން ބޮޑުވުމާއެކު މެމްބަރު ސައުދު ގްރޫޕުން ނުކުމެއްޖެ

ޕީޕީއެމްގެ ޕަލިމެންޓްރީ ގްރޫޕްތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެފައިވަނިކޮށް މަޖިލީހުގެ ވިލިނގިލި ދާއިރާ މެމްބަރު ސައުދު ހުސެއިން ގްރޫޕުން ވަކިވެއްޖެއެވެ.
މެމްބަރު ސައުދާ ހަވާލާދީ އެހެން މީޑިއާތަކުގައި ބުނެފައިވަނީ ސައުދު އެ ވައިބަ ގްރޫޕުން އަމިއްލައަށް ވަކިވީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑާޝިޕާމެދު ހިޔަލުތަފާވުމުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރާ މެދު އެއްވެސް މައްސަލައެއްނެތް ކަމަށް ސައުދު ވިދާޅުވިއެވެ.
މެމްބަރު ސައުދު ޕީޕީއެމްގެ ވައިބާ ގްރޫޕުން ވަކިވީ ޕީޕީއެމް ޕަލިމެންޓްރީ ގްރޫޕް ތެރޭގައި ހިޔާލުތަފާތުވުން ގިނަވެފައިވަނިކޮށެވެ. އާ ޓޫރިސަމް ބިލާ ދެކޮޅަށް ދިއްގަރު މެމްބަރު ފާރިސް މައުމޫން ވާހަކަފުޅުދެއްކެވެމުން، އެބޭފުޅާ ވަނީ ޕީޕީއެމްގެ ހުރިހާ ވައިބާ ގްރޫޕްތަކުން ވަކިކޮށްފައެވެ. އަދި މީގެ އިތުރުން އޭދަފުށި މެމްބަރު ރެޑްޥޭވް ސަލީމް އިއްޔެ އަބުރާބެހޭ ބިލާމެދު މަޖިލީހުން ނެގި ވޯޓުގައި ބައިވެރި ނުވުމުން އެ މެމްބަރު ވަނީ ޕީޕީއެމް ވައިބާ ގްރޫޕުން ބޭރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ