ވިލުފުށީގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

ކުރިއަށް އޮތް ރަމަޟާން މަހާއި ގުޅިގެން ތ. ވިލުފުށީގެ ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވިލުފުށީ ޕޮލިސް ސްޓޭޝަނުން ހިންގައިފަވެއެވެ.
މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ކުރިޔަށް އޮތް ރަމަޟާން މަހާއި ގުޅިގެން ރައްޔިތުން ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ވިލުފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންވަނީ އެރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ފާއިތުވި ރަމަޟާން މަހު ފާހަގަކުރެވިފައިވާ ކަންކަމަށް އަލިއަޅުވާލައި މިހާރަށްވުރެ ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފަވެއެވެ.
އެގޮތުން ވައްކަމުގެ މައްސަލަތައް މަދުކުރުމަށް މިހާރަށްވުރެ ސަމާލުކަން ދޭންވީ ކަންކަމާއި ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅުތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ
މި ޕްރޮގްރާމް ކުރިއަށް ދިޔައިރު ވިލުފުށީގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ