އިހަވަންދޫ ދާއިރާގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވައިފި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގ މޭޓް, ކާށިދޫ ދާއިރާގެ މަޖިލީސް މެމްބަރު ފައިސަލް ނަސީމް، މާލޭގައި ދިރިއުޅޭ އިހަވަންދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާއިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ މ. ކުނޫޒްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ އިހަވަންދޫ ދާއިރާގެ ކެމްޕެއިން ހަރަކާތްތަށް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުންނެވެ. އިހަވަންދޫ ދާއިރާގައި ކެމްޕެއިންގެ ހަރަކާތްތައް ވަރުގަދަކުރުމަށް ބޭއްވި މި ބައްދަލުވުމުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲގެ އިތުރުން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ. ރަނިންގ މޭޓް ކަމަށް ފައިސަލް ކަނޑައެޅި ފަހުން އެމަނިކުފާނު ދަނީ ކޮންމެ ދުވަހަކު ވެސް އެކި ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުނެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ