ފެނާއި ކަރަންޓުގެ އަގު މާލެއާ އެއްހަމަކޮށް އަގު ހެޔޮކޮށްފި

ރަށްރަށުގެ ފެނާއި ކަރަންޓުގެ އަގު މާލެއާ އެއްހަމަކޮށް ފެނާއި ކަރަންޓުގެ އަގު ހެޔޮކޮށްފިއެވެ. މިކަން އިއުލާން ކުރެއްވީ ޕީއެސްއެމް ސްޓޫޑިއޯގައި މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާޙިމެވެ.
ކަރަންޓާއި ފެނުގެ އަގަށް ގެނައިބަދަލުގައި ހިމެނެނީ އާއްމުގޭބީސީ ކެޓަގަރީއިން ސުން ޔުނިޓުން ފެށިގެން 400 ޔުނިޓާއިދެމެދުގެ ބޭންޑުގެ އަގުތަށް މަލޭއާއި އެއްހަމަކުރުމެވެ. މިބަދަލާއެކު ސުން ޔުނިޓުން ފެށިގެން 400 ޔުނިޓާއި ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދެން ނަގާނީ އެއްއަގެކެވެ. 
އެގޮތުން 0 ޔުނިޓުން ފެށިގެން 100 ޔުނިޓާއި ހަމައަށް ދެން ޔުނިޓަކަށް ނަގާނީ 1 ރުފިޔާ 50 ލާރި، 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމައަށް ޔުނިޓަކަށް 1 ރުފިޔާ 70 ލާރި، 201 ޔުނިޓުން ފެށިގެން 300 ޔުނިޓާހަމައަށް ޔުނިޓަކަށް 2 ރުފިޔާ 15 ލާރި އަދި 301 ޔުނިޓުން ފެށިގެން 400 ޔުނިޓާހަމައަށް ޔުނިޓަކަށް 2 ރުފިޔާ 50 ލާރި އެވެ. 
މިގޮތަށް އަގު ބަދަލުވުމުން ސުން ޔުނިޓާއި 100ޔުނިޓުގެ ބިލަކުން 75 ރުފިޔާ، 200 ޔުނިޓުގެ ބިލަކުން 175 ރުފިޔާ، 300 ޔުނިޓުގެބިލެއްނަމަ 300 ރުފިޔާ އަދި 400 ޔުނިޓުގެ ބިލަކުންނަމަ 400 ރުފިޔާ ކުޑަވެގެންދާނެއެވެ. އަދި 400 ޔުނިޓުން މަތީގެ ކެޓަގަރީތަކުންވެސް 400ރުފިޔާ ކުޑަވެގެންދާނެއެވެ.
ފެނުގެ އަގަށް ގެނައި ބަދަލަށް ބަލާއިރު 0 ލީޓަރުން ފެށިގެން 100 ލީޓަރާއި ހަމައަށް މިހާރު 22 ރުފިޔާ، 101 ލީޓަރުން ފެށިގެން 200 ލީޓަރަށް 70 ރުފިޔާ، 200 ލީޓަރުން މައްޗަށް 100 ރުފިޔާއެވެ.
ކަރަންޓުގެ އަގަށް ގެނައި ބަދަލު އަންނަ މާޗް މަހުން ފެށިގެން ތަންފީޒުކުރަން ހަމަޖެހިފައިވާއިރު ފެނުގެ އަގަށް ގެނައި ބަދަލު ތަންފީޒުކުރާނީ މިމަހުން ފެށިގެންނެވެ. 
ކަރަންޓާއި ފެނުގެ އަގަށް ގެނައި ބަދަލާ ގުޅޭގޮތުން ވަހަކަ ދައްކަވަމުން މިނިސްޓަރ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީ ތޯރިޤް އިބްރާޙިމް ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ކަރަންޓާއި ފެނުގެ އަގުހުރީ  އެކި އަތޮޅުތަކުގައި އެކި ވަރަށް ކަމަށެވެ. ނަމަވެސް އަތޮޅުތެރެއާއި މާލޭގެ ކަރަންޓަށް ނަގާ އަގުގެ ފަރަގު ކުޑަކޮށް ކަރަންޓުގެ ޚިދުމަތް ހަމަހަމަ ފޯރުކޮށްދިނުމަށް ކުރި މަސައްކަތުން 2016ވަނަ އަހަރު ހުރިހާ އަތޮޅެއްގެ އަގުތައް އެއްގޮތް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކަރަންޓާއި ފެނުގެ އަގަށް ގެނައި ބަދަލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވައިރޮންމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ މިއީރާއްޖޭގެ ތާރީޚްގަވެސް ރާއްޖޭގެ ހުރިހާ ރަށެއްގެ ފެނާއި ކަރަންޓުގެ އަގު އެއްހަމައަކުން ފޯރުކޮށްދިނުމަށް ނިންމި ފުރަތަމަފަހަރު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗައް ދިޔަ ނަމަވެސް ކަރަންޓާއި ފެނުގެ އަގު ހެޔޮކުރަން ނިންމާފައިވަނީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ އަސާސީ ޙިދުމަތްތައް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ބޭނުންވާ ތީކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ސަބަބުން ދަޢުލަތަށް ގެއްލުން ނުވާނެ ގޮތްތައްވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓަށް ކުރާހޭދަ ކުޑަކުރުމަށް އެކި ފެންވަރުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި އިއާދަކުރަނިވި ހަކައިތައިގެ މަޝްރޫޢުތަކާއި ކަރަންޓުގެ ޚަރަދުކުޑަ ބޮކި ބޭނުންކުރުން ފަދަ މަސައްކަތް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ