ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމެޓީއެއްގައި މަޝްވަރާ ކޮށްފި

ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމެޓީއެއްގައި މަޝްވަރާ ކޮށްފި އެވެ. ރޭ ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 9 މާޗް 2014 ގައި އިލެކްޝަންގެ މައްޗަށް އިއްވެވި ޚުކުމާ ގުޅޭގޮތުން، ކޮމިޓީގެ 3 މެންބަރުން ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް އެ ކޮމެޓީން ވަނީ ބުނެފައެވެ.މިބައްދަލުވުމުގައި، މިމައްސަލާއާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަން ކޮމިޝަންގެ ބޭފުޅުންނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް ނިންމެވިއެވެ.ރޭ ބޭއްވުނު ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ ނައިބު މުޤައްރިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، އިހަވަންދޫ ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ