މާދަމާ ބާއްވާ އިންތިހާބު ފަސްކުރަން ސުޕްރީމް ކޯޓުން އަންގާފައި ނެތް - އިލެކްޝަންސް

ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވަނީ އިނގިރޭސި ވިލާތުގެ ލަންޑަނާއި ސިންގަޕޫރާއި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބަހައްޓާ ފޮށީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވޯޓު ކަރުދާހާ އެކު ފުލުހުންގެ އޮފިސަރުން ފުރާފައިވާ ކަމަށެވެ.
އިންތިޙާބު ބޭއްވުމަށްޓަކައި ވޯޓްލާ ސަރަހައްދަށް އިލެކްޝަންސް ކޮމިޝަނުން އޮފިޝަލުންނާއި ވޯޓް ކަރުދާސް ފޮނުވަން ފެށި ނަމަވެސް ވޯޓްލާ މީހުންގެ ލިސްޓްގެ ޖުމްހޫރީ ޕާޓީންނާއި ޕީޕީއެމްއިން ސޮއި ނުކުރާތީ އިންތިޙާބު ބޭއްވި ދާނެ ކަމުގެ ޔަގީންކަމެއް އަދި ވަނީ ނުލިބިއެވެ. އެދެޕާޓީން ބުނަމުން ދަނީ ލިސްޓްގެ ސައްކަން ޔަގީން ނުކުރެވެނީސް ލިސްޓްގައި ސޮއި ނުކުރެވޭނެ ކަމަށެވެ.
އަނެއްކޮޅުން އިންތިޙާބު ކަވަރު ކުރަން ކޮމަންވެލްތުން ވަޑައިގެން އުޅުއްވާ ވަފްދުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިންތިޙާބު ބޭއްވޭނެ ކަމަށް އެޓީމުން އުންމީދު ކުރާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާދަމާ ހެނދުނު 7:30 ގެ ކުރިން ކެނޑިޑޭޓުން ނުވަތަ ކެނޑިޑޭޓުންގެ މަންދޫބުން ލިސްޓްގައި ސޮއި ކޮށް ނިންމި ނަމަވެސް އިންތިޙާބު ބާއްވާނެ ކަމަށެވެ.
(އިތުރު ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ