މާޒް ސަލީމަށް ހެންވޭރު އުތުރު ދާއިރާގެ ޓިކެޓް ލިބިވަޑައިގެންފި

އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވުމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު ސަލީމަށް ޓިކެޓް ކަށަވަރުވެއްޖެ އެވެ.
މާޒް ސަލީމް ވިދާޅުވީ އޭނާއަށް ހެންވޭރު އުތުރު ދާއިރާގެ ޓިކެޓު ލިބިވަޑައިގެންނެވިކަން އަންގަވާފައިވަނީ ޖުމްހޫރީ ޕާޓީން ކަމަށެވެ.
މިއީ ޖުމްހޫރީ ޕާޓީއަށް ސަރުކާރުގެ ކޯލިޝަނުން ލިބިފައިވާ ސްލޮޓެކެވެ. އެމްޑީޕީގެ ފަރާތުން މި ދާއިރާއަށް ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ.
މާލޭގެ ދާއިރާތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދީފައިވަނީ ދެ ދާއިރާއެކެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާ އެވެ. ދެން ހުރި ހުރިހާ ދާއިރާއެއް ދީފައިވަނީ ޕީޕީއެމަށެވެ.
މާޒް ސަލީމް ވިދާޅުވީ އޭނާ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވަން ނިންމެވީ އެދާއިރާގެ ގިނަ ރައްޔިތުންގެ އެދުމަށް ކަމަށާއި ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންނަށް މަޖިލީހުގެ ތެރެއިން ހިދުމަތްކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ