އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި އެމްޑީޕީ ޓިކެޓްގައި ކެންދޫ ދާއިރާއަށް ކުރިމަތިލައްވާނެ ކެނޑިޑޭޓަކުން ހޮވަން ބޭއްވި ޕްރައިމަރީގެ ވޯޓް ނެގުން ކެންދޫގައި ނުބާއްވާ ކެންދޫ ދާއިރާގެ ޓިކެޓް މިހާރު ވެސް އެދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ އަށް އެމްޑީޕީން ދީފިއެވެ.
ވޯޓްލުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމަށް ބުނެ އެމްޑީޕީން ތަސްމީނަށް ޓިކެޓް ދިނީ އިއްޔެ ބޭއްވި ޕްރައިމަރީގައި ކެންދޫ ފިޔަވައި އެ ދާއިރާގެ އެހެން ރަށްރަށުގަޔާއި މާލޭގައި ބޭއްވި އިންތިހާބު ތަސްމީން ކާމިޔާބު ކުރަށްވާފައި ވާތީއެވެ. އިއްޔެގެ އިންތިޙާބުގައި ތަސްމީނަށް ވަނީ 391 ވޯޓް ލިބިވަޑައިގެންފައެވެ. ތަސްމީނާ ވާދަކުރެއްވި މައުރޫފް ޒާކިރަށް ލިބިފައި ވަނީ 181 ވޯޓެވެ.
ކެންދޫގައި ވޯޓް ނުނަގާ ކެންދޫ ދާއިރާގެ ޓިކެޓް ތަސްމީނަށް ލިބިވަޑައިގެންނެވިއިރު ކެންދޫގައި ވޯޓް ލުމަށް 260 މީހުން ރަޖިސްޓްރީ ވެފައި ވެއެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިޙާބަށް ނިކުންނަށް އެޕާޓީން ބޭއްވި ޕްރައިމަރީގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެ ބައެއް ކެނޑިޑޭޓުން ވަނީ މީގެ ކުރިން ބައެއް ދާއިރާ ތަކުގެ ޕްރައިމަރީ ބާތިލްކުރަން ވެސް ހުށަހަޅާފައެވެ. ނަމަވެސް އެމްޑީޕީގެ އިންތިޙާބާއި ބެހޭ ކޮމެޓީން ބުނެފައި ވަނީ އިންތިޙާބު ބާތިލްކުރަންޖެހޭ ވަރުގެ ޝަކުވާއެއް އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
ކެންދޫގައި ވޯޓް ނުނަގާ ކެންދޫ ދާއިރާގެ ޓިކެޓް ތަސްމީނަށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ