ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ހަވީރު ކ.ތުލުސްދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ހޫނު މަރުހަބާއެއް އެމަނިކުފާނަށް ކިޔައިފި އެވެ.
މިއަދު ހަވީރު ރައީސް މައުމޫނާއި ޕީޕީއެމް ވަފްދުން ތުލުސްދޫއަށް ވަޑައިގަތުމުން އެރަށު ކުދި ބޮޑު ގިނަ ބަޔަކު މަރުހަބާ ކިޔާފައިވާކަން ފާހަގަކޮށްލެވެ އެވެ.
ތުލުސްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގައުމެއްގެ ރައީސްއަކު އަދި ގައުމެއްގެ ނައިބު ރައީސް އިންތިހާބުވެވަޑައިގަންނަވާއިރު އެބޭފުޅުންނަކީ ކޮން ކަހަލަ ބޭފުޅެއްތޯ ރައްޔިތުން ބަލަން ޖެހޭނެ ކަމަށާއި އެގޮތުން އެބޭފުޅުންގެ ތަޖުރިބާ ހުރީ ކިހާ މިންވަރަކަށްތޯ އާއި ވިސްނުންހުރީ ކޮން ކަންތައްތަކަށްތޯ ބަލަން ޖެހޭ ކަމަށެވެ.
“މިހާރު އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިދެންނެވި ރޮނގު ރޮނގުން ބަލާއިރު އެކަށީގެންވާ ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ޕާޓީތަކުގެ ތެރެއިން އެންމެ ފުރިހަމަ މެނިފެސްޓޯއެއް ވެސް ތައްޔާރުކޮށްފައިވާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށެވެ.
ޔާމީނަކީ ތަޖުރިބާހުރި ވަރަށް ގިނަ ހިދުމަތްތަކެއްކޮށްދެއްވާފައިވާ ނަތީޖާ ނެރެފައިވާ ބޭފުޅެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރަނިންމޭޓު ޑރ.ޖަމީލަކީ ވެސް ތަޖުރިބާހުރި އިލްމީ އަދި ހިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ތުލުސްދޫއަށް ވަޑައިގަތުމުން އެރަށު ރައްޔިތުންކީ ހޫނު މަރުހަބާއަށް މި ޖަލްސާގައި ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫން ތުލުސްދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ