ފޯކައިދޫގައި ބައްޕައަކު އަންހެން ދަރިއަކާ ބަދުއަޚުލާގީ ޢަމަލު ހިންގި މައްސަލައެއް ޖެންޑަރ މިނިސްޓްރީން ބަލަން ފަށައިފި

19:00ށ. ފޯކައިދޫގައި ބައްޕައަކު އޭނާގެ 13 އަހަރުގެ އަންހެން ދަރިއާ ބަދުއަޚުލާގީ ޢަމަލު ހިންގި މައްސަލައެއް ޖެންޑަރ މިނިސްޓްރީން ބަލަން ފަށައިފި އެވެ.ފޯކައިދޫ މީހަކު މިއަދު ބުނީ އެ އަންހެން ކުއްޖާ މިހާރު ވަނީ ށ. ފުނަދޫގައި ހިންގަމުންދާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުގެ ބެލުމުގެ ދަށުގައި ކަމަށެވެ.މި މައްސަލަ ފެންމަތިވާން ދިމާވީ، އެ އަންހެން ކުއްޖާ ރަށްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާގެ ފަރާތުން ކަމަށް ފޯކައިދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ. އަދި އެ އަންހެން ކުއްޖާ އެ ވާހަކަތައް ދައްކާފައި ހުރިއިރު އެކުއްޖާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާގެ ފޯނަށް ރިކޯޑުކޮށްފައިވާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުގެ ޓީމެއް މިދިޔަ ބުރާސްފަތި ދުވަހު ފޯކައިދުއަށް ގޮސް އެ މައްސަލަ ފޯކައިދޫ އޮފީހުގައި ބަލާފައިވާ ކަމަށާއި އެ ކުއްޖާގެ ބައްޕަ މިވަގުތު ރަށުގައި އެބަހުރި ކަމަށް އޭނާ ބުންޏެވެ.އެ އަންހެން ކުއްޖާ އަކީ އެ ކުއްޖާގެ ބައްޕަ ހދ. ވައިކަރަދޫ މީހަކާ އިނދެގެން ލިބިފައިވާ ހަތަރު ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ކަމަށާއި އަދި އެކުއްޖާ އުޅެމުންދަނީ އޭނާގެ ބައްޕަގެ ބޭބެއެއްގެ ގާތުގައި ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.މި މައްސަލައާ ބެހޭ ގޮތުން ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރުން ބުނީ ކުޑަ ކުއްޖައެއްގެ މައްސަލައަކަށް ވާތީ އެމައްސަލައާ ބެހޭ މަޢުލޫމާތު މީޑިއާ އަށް ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ، ފޯކައިދޫގައި އެފަދަ މައްސަލަ އެބައުޅޭ ކަމަށާއި އެހެން ނަމަވެސް އެމައްސަލަ ބަލަމުން ދަނީ ޖެންޑަރ މިނިސްޓްރީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ