އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ކުރިން ޑީއާރްޕީ އޮފީސް ހިންގި ހ. ތެމާގައި އަލަށް ހެދި ޕީޕީއެމްގެ އާ އޮފީސް ހުޅުވައި ދެއްވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށެވެ. އެކަން ރައްޔިތުން އަބަދުވެސް ގަބޫލުކުރާއި ކަމަށާއި ޕީޕީއެމުން އަންނަނީ އިތުރަށް ވަރުގަދަ ވަމުން ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަންނަ ރިޔާސީ އިންތިޚާބު ޕީޕީއެމުން ކަމިޔާބު ކުރާނަން،" މައުމޫނު ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ އެމަނިކުފާގެ ސަރުކާރުގައި ރާއްޖެއަށް ތަރައްގީގެ ލިބުނު ކަމަށާއި އެ ވާހަކަތައް މިހާރުވެސް ދެއްކެން އޮންނާނެ ކަމަށެވެ.މަދަރުސާއާއި ހޮސްޕިޓަލާއި އެއާޕޯޓްތައް ހަދައިދީފައިވާނެ ކަމަށާއި އެވާހަކަތައް ދެއްކެއް އޮންނާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބުނެވެން އެބައޮތް އަޅުގަނޑުމެންގެ އިސް ބޭފުޅުން ސަރުކާރު ހިންގަވަން ތިއްބެވިއިރު ރާއްޖެ އަށް އައިސްފާ އޮތް ތަރައްގީ މި އޮތިއްޔޭ. މިތައް މަދަރުސާ އަޅުގަނޑުމެން ހަދާފީމޭ. މިތައް ހޮސްޕިޓަލް ހަދާފީމޭ. މިތައް އެއާޕޯޓު ހަދާފީމޭ. މިތައް ރިސޯޓު ހަދާފީމޭ. މިހާ ކުރިއެރުން ރައްޔިތުންނަށް ހޯދާދީފީމޭ. މި ހުރިހާ ވާހަކަ ތަކެއް ޕީޕީއެމްގައި ތިއްބެވި ބޭފުޅުންނަށް ދެއްކެން އެބައޮތް،" މައުމޫނު ވިދާޅުވި އެވެ.
ޕީޕީއެމަށް ލިބޭ ކާމިޔާބީ ތަކާއި ދޭތެރޭގައި ކަންބޮޑުވާ ސިޔާސީ ފަރާތްތައް ތިބޭނެ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ ޕީޕީއެމަށް ރައްޔިތުން ތާއީދު ކުރަނީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު ޕާޓިގައި ތިބުމުން ނޫން ކަމަށެވެ.
ޕީޕީއެމުން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ