މުހިންމު މަަސައްކަތްތަކެއް ކުރުމަށް މާލެ އިން މިއަދު ކަރަންޓު ކަނޑާލަނީ

މުހިންމު މަަސައްކަތްތަކެއް ކުރުމަށް މާލެ އިން މިއަދު ކަރަންޓު ކަނޑާލާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.ސްޓެލްކޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ސިޓީޕާކް ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 13:30 އަށް ކަރަންޓު ކެނޑޭނެ ކަމަށެވެ. އަދި ގަޑިތައް އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، އެމަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށެވެ.މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށްވެސް ޓްވީޓުގައި ބުނެފައިވެއެވެ.އެކުންފުނީގެ ނެޓްވޯކް އިތުރަށް ތަރައްޤީކޮށް، އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަދު ހެނދުނު 9:00 އިން 11:00 އަށް ވިލިމާލޭގެ ބައެއް ހިސާބުތަކުންވެސް ކަރަންޓު ކެނޑޭނެ ކަމަށް ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ