އޮޅުވާލުންތަކެއް ހުރުމުން ގަލޮޅު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަލުން ބާއްވަނީ

އެމްޑީޕީން ބޭއްވި ގަލޮޅު ދެކުނު ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް، އަލުން ބޭއްވުމަށް މިއަދު ނިންމައިފިއެވެ.
ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނީ ގަލޮޅު ދެކުނު ދާއިރާގެ ޕްރައިމަރީގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓު ދޭން ނުދާ މީހުންގެ ނަމުގައި ވޯޓުލާފައި ހުރި ކަން ފާހަގަވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ނަތީޖާއަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އެ ޕާޓީން ބުންޏެވެ.
އެކަމަކު، ގަލޮޅު މެދު ދާއިރާގެ ވޯޓުުން އަލުން ބާއްވަން ނިންމި ތާރީހެއް އަދި އެ ޕާޓީން ކަނޑައަޅާފައެއް ނުވެއެވެ.
މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ އެމްޑީޕީގެ ޕުރައިމަރީ ރާއްޖޭގެ 93 ރަށެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
އެމްޑީޕީގެ ޓިކެޓުގައި 108 މީހަކު ސިޓީ ކައުންސިލުތަކަށް ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ. އަދި އަތޮޅު ކައުންސިލަށް 53 ފަރާތަކުން ވަނީ ފޯމް ހުށަހަޅާފައެވެ. އަދި ޕްރައިމަރީއަށް ނުގޮސް 400 އެއްހާ މީހުންނަށް ޓިކެޓު ވަނީ ލިބިފައެވެ.
ގއ. މާމެންދޫގައި ބެހެއްޓި ވޯޓު ފޮށީގައި މައްސަލަތަކެއް ޖެހުމާ ގުޅިގެން އެ ރަށު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވޯޓު ފޮށި އަންދާލައިފައެވެ. އަދި އެ ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުގައި އަލުން ޕްރައިމަރީ ބާއްވަން ވަނީ ނިންމައިފައެވެ.
އެމްޑީޕީ ޕްރައިމަރީގެ ގިނަ ފޮށިތަކެއްގެ ވޯޓުލުން އަލުން ބޭއްވުމަށް އެ ފޮށިތަކަށް ވާދަ ކުރެއްވި ބައެއް މެންބަރުން ވަނީ އެދިފައެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މެމްބަރުންނަށް މަރުހަބާ ދަންނަވާ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުވަނީ ޕްރައިމަރީއިން ބަލިވި ފަރާތްތައް އިސް އެހެން މަގާމުތަކުން ފެނުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ