އުތުރަށް ކެރީގެ އަސަރު ފޯރި ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން ރަގަޅުވާނެ: މެޓް

ރާއްޖޭގެ އުތުރުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރި ނަމަވެސް އެހެން ހިސާބުތަކުގެ މޫސުން އާއްމު ގޮތެއްގައި ރަގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނފިއެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް 24 ގަޑިއރުގެ ތެރޭ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު، ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކުގައި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ