ގާސިމް ބޭސް ފަރުވާއަށް ފޮނުވުމުގެ މައްސަލަ އިސްތިއުނާފުކޮށްފި

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
ގާސިމް އިބްރާހިމް އަށް ބޭރުން ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަަޖައްސަން ހުކުމުގައި އަމުރުކުރި ބައި ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ ބަންޑާރަ ނައިބްގެ
އޮފީހުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ނަމަވެސް އެ މައްސަލަ ހައި ކޯޓުން ބަލައިގަތް ކަން ވަނީ ސާފު ނުވެފައެވެ.
ގާސިމް ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުން ފަރުވާ ހޯދަވަމުން ގެންދާއިރު އަވަސް ފަރުވާ ނުދެވިއްޖެނަމަ ގާސިމްގެ ފުރާނަފުޅަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ހޯމް މިނިސްޓާރ އަޒްލީން ގާސިމް އާއި ބައްދަލު ކުރައްވައި ވިދާޅުވީ ގާސިމް ބޭސްފަރުވާއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށްދާ ކަމަށާއި އެހެން ނަމަވެސް ބޭސް ފަރުވާގެ ކަންކަން ލަސްވަނީ އެކަމާއި ވަރަށް ގިނަ ކަންކަން ހަމަޖައްސަން ޖެހޭތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ