މަސީހް ބޭރުކުރުމަށް މެންބަރުން ކުރާ މަސައްކަތަށް ޢާއްމު ރައްޔިތުން އެއްބާރުލުން ދޭން ޖެހޭ: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޭރުކުރުމަށް މަޖިލީސް މެންބަރުން ކުރައްވާ މަސައްކަތައް ރައްޔިތުން އެއްބާރުލުން ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބް އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ބ. ތުޅާދޫގައި ހުކުރު ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ
ރާއްޖޭގެ ތާރީޙްގައި 24 ޖުލައި އަކީ ވަރަށް މުހިންމު ދުވަހެއް ކަމަށާއި އެދުވަހަކީ ޤާނޫނު އަސާސީ ތަސްދީގް
ނުވެގެން ރައްޔިތުން ނިކުތް ދުވަސް ކަމަށެވެ. އެހެންކަމުން އަނެއްކާވެސް މިމަހުގެ 24 ވަނަ ދުވަސް ވެސް ވާނީ ވަރަށް ތާރީހީ ދުވަހަކަށް ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ބޭރުކޮށްލާ ދުވަސް ކަމަށެވެ.
އެކަމަށް މެންބަރުން ކުރައްވާ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން އެދުވަހު ރައްޔިތުން ތައްޔާރު ވާންޖެހޭ ކަމަށާއި މަޖިލީހުގެ މެންބަރުން ކުރާ ހިތްވަރަށް ތާއީދުދީ މުޅި ރާއްޖެ އެކަމަށް ތައްޔާރުވުމަށް ނާޒިމް ވަނީ ގޮވާލާފައެވެ.
އިތުރަށް ނާޒިމް ވިދާޅުވީ މިފެނުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމާއި ޖުޑިޝަރީން
ބައެއް މީހުންގެ ތާއީދު ނެތި ތިން ފަނޑިޔާރަކު ލައްވާ ކަމެއް ނިންމިތަން ކަމަށެވެ. ހަމައެއާއެކު ރައްޔިތުން އެދުނު އެދުމަށް މަޖިލީހުގެ 45 މެންބަރުން ތެދުވީތީ ޝުކުރު އަދާ ކުރައްވާ ކަމަށާއި ރައްޔިތުން އެދޭ ބަދަލު 24 ވަނަ ދުވަހު މަޖިލީސް ތެރެއިން ފެނިގެން ދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ