ގދ. ހޯޑެއްދޫ އާއި މަޑަވެލީގެ ކަރަންޓް ވިއުގަ، އެއް ވިއުގައަކުން ގުޅާލަން ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަނުން މިދިޔަ ބުރާސްފަތި ދުުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހޯޑެއްދޫ އާއި މަޑަވެލީގެ ކަރަންޓް އެއްވިއުގައިން ގުޅާލުމަށް ސެންޓްރަލް ޕަވަރ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އިއުލާންގައި ބުނެފައިވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހު ފެނަކައިގެ ހެޑް އޮފީހުގައި މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
ބީލަން ހުށަހެޅުމަށް ފުރުސަތު ލިބޭނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށާއި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް ކަމަށްވެސް އިއުލާންގައިވެ އެވެ.
މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ އޮރިޖިނަލް ބޭންކް ގެރެންޓީ ސިޓީ، ޗެކް ނުވަތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ އިންޝުއަރެންސް ކުންފުންޏަކުން ދޫކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ އޮރިޖިނަލް ކަމަށްވެސް އިއުލާންގައިވެ އެވެ. ހުށަހަޅާ ޗެކް ވާންޖެހޭނީ ބެންކް ގެރެންޓެޑް ސްޓޭޕް ޖަހާފައިވާ ޗެކަކަށް ކަމަށާއި އަދި ބިޑް ސެކިއުރިޓީ ހުށަހަޅަންވާނީ އަންދާސީހިސާބު ހުށަހަޅާ ކުންފުނީގެ ނަމުގައި ކަމަށްވެސް އިއުލާންގައިވެ އެވެ.
ބިޑް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފެނަކަ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި ކަމަށްވެސް އިއުލާންގައިވެ އެވެ.
އެއް ފަޅެއްގައިވާ ހޯޑެއްދޫ އާއި މަޑަވެލި މީގެ ކުރިން ކޯޒްވޭ އަކުން ގުޅާލާފައި ވަނިކޮށް ރަށުގައި ފެންބޮޑުވަނީ ކޯޒްވޭ ހެދި ފަހުން ކަމަށް ބުނެ ހޯޑެއްދޫ ރައްޔިތުން ނިކުމެ ކޯޒްވޭ ވަނީ ކަނޑާލާފަ އެވެ.
ހޯޑެއްދޫ އާއި މަޑަވެލީގެ ކަރަންޓް އެއް ވިއުގައަކުން ގުޅާލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ